މިދުވަސް ވަރާއި ދިމާކޮށް ސިޔާސީ ޕާޓީތައް އުފައްދަމުންދަނީ ސިޔާސީ ގޮތުން އަރާނެ ގޮޅި ހުސްވުމުން ކަމުގައި ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝުޖާ ވިދާޅުވީ ސިޔާސީ ގޮތުން މިސަރުކާރާއި، މިސަރުކާރަށް ތާއީދުކުރާ ބޭފުޅުން ރައްޔިތުން ބަލައި ނުގަނެ ނުރުހުންވާކަން ފާޅުުކުރުމުން ސަރުކާރުގައި ނޫޅޭކަން ދެއްކުމަށް ޕާޓީތައް ހަދަމުންދާކަމަށެވެ. އަދި ކުރިއަށް އޮތީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރަށް ވުމުން ޕާޓީތައް އުފެއްދުމާއި، ވުޖޫދަވުމަކީ ފެންނާނެ މަންޒަރެއް ކަމަށެވެ.
އަޅުގަނޑުމެންނަށް މިދުވަސްވަރު، ޖަޕާނު މަހެއްހެން ޕާޓީތައް އުފެދޭތަން ފެންނާނެ. އެކަމާއި މާބޮޑަށް ވިސްނާ ފިކުރު ކުރާނެކަމެއްނެތް. ޕަޓީތައް ހަދަމުންދަނީ އަރާނެ ގޮޅިތައް ހުއްވުމުން.
– ޝުޖާ ވިދާޅުވިއެވެ.
ޝުޖާ ވިދާޅުވީ ރައީސް ޔާމީން އަނބުރައި ވެރިކަމަށް ގެނައުމަށް ރައްޔިތުން ކުރާ މަސައްކަތުގައި ދެމިއޮތް ހަމައެކަނި ޕާޓީއަކީ ޕީޕީއެމްކަމަށެވެ. މިމަސައްކަތުގައި ޕީޕެމްއާއި ޕީޕީއެންސީއަށް ތާއީދުކުރާ ފަރާތްތަކުން ހެދެމުންދާ ޕާޓީތަކާއި، އުފައްދަމުންދާ ޕާޓީތަކަށް އެއްވެސް ސަމާލުކަމެއް ނެތްކަމަށް ޝުޖާ ވިދާޅުވިއެވެ. ސަރުކަރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ އެމްއާރުއެމްއާއި، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވި މެމްބަރުންތަކެއް ދަނީ ސިޔާސީ ޕާޓީތަކެއް ހެދުމަށް މަސައްކަތް ކުރަމުންނެވެ.
ސިޔާސީ ގޮތުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައިވެރިންނަށް އޮންނަ ތައީދު ކުޑަވެ، ލީޑަރުންގެ ތެރެއިން ވެރިކަމަށް ޝައުގުވެރިކަން ހުރި ބޭފުޅުންގެ މެދުގައި މަޑުމަޑުން މައްސަލަޖެހި، ސަރުކަރާއި ފެޔަށް ޖެހުމެން ދާކަންވެސް ފާހަގަކޮށްކޮލެވެއެވެ. އަދި ޚާއްސަކޮށް މިކޯޅުގައި އެމްޑީޕީގެ ރައީސް ނަޝީދާއި، ރައީސް ޞާލިހުގެ ގުޅުންވެސް ވަރަށްބޮޑަށް ހީނަރުވެ ދެބޭފުޅުންގެ ވާދަވެރިކަންވެސް ވަނީ ބޮޑުވެފައެވެ.