މަޖިލިސް ދޮރު ކުރިމަތީ އޮށޯވެއޮވެ ޖާބިރު މުޒާރާހާ ކޮށްފި

މަޖިލިސް ދޮރު ކުރިމަތީ އޮށޯވެއޮވެ ޖާބިރު މުޒާރާހާ ކޮށްފި

Author
މުޙައްމަދު ޝަޒައިމް
03 އޮގަސްޓް 2021 12:09
0

ރައްޔިތުންގެ މަޖިލީހުގެ ދޮރު ކުރިމަތީގައި އޮށޯވެ އޮވެ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މުޒާހަރާ ކޮށްފިއެވެ.

ޖާބިރު މުޒާހަރާ ކޮށްފައިވަނީ ކޮން ކަމަކާއި ގުޅިގެން ކަމެއް ނޭގުނު ނަމަވެސް ޖާބިރު ބުނަމުންދިޔައީ އޭނާ މުޒާހަރާ ކުރަމުންދަނީ ޤާނޫނު އަސާސީން ލިބިދީފައިވާ ހައްގުގެ ބޭނުން ކުރުމުގެ ގޮތުންކަމަށެވެ. ޖާބިރު މުޒާހަރާ ކުރަމުންދާއިރު، އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދު ވަނީ އޭނާ ތެދުކުރުމަށް މަސައްކަތް ކޮށްފައެވެ.

ގިނަ އިރުތަކެއް ނުވަނީވެސް ދިޔާނާވަނީ ޖާބިރާއި ވާހަކަ ދައްކައި އޭނާ ގޮވައިގެން ގޮސްފައެވެ. ޖާބިރަކީ އެކި ހާލަތްތަކުގައި މަޖިލިސް ތެރޭގައާއި، މަޖިލީހުން ބޭރުގައިވެސް މުޒާހަރާ ކުރާ ވަރަށް ތަފާތު މެމްބަރެކެވެ. ޖާބިރުވަނީ މީގެ ދެ ދުވަހެއްކުރިން ސަރުކަރާއިއެކު ކޯލިޝަން ހަދަން ބޭނުންވާކަމަށްވެސް ވިދާޅުވެފައެވެ.

މަޖިލިސް މިވަގުތު އޮތީ ޗުއްޓީގައެވެ. މަޖިލިސްގެ ޖަލްސާތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.