ކޮންމެ ފްލެޓަކަށް ކާރެއް ރަޖިސްޓްރީ ކުރުމުގެ ޔަގީންކަން އަނެއްކާވެސް ޝުޖާ ދެއްވައިފި

ކޮންމެ ފްލެޓަކަށް ކާރެއް ރަޖިސްޓްރީ ކުރުމުގެ ޔަގީންކަން އަނެއްކާވެސް ޝުޖާ ދެއްވައިފި

ގުޅުންހުރި

ކެމްޕެއިން ތެރޭގައި ހުޅުމާލޭ ކޮންމެ ފްލެޓަކަށް ކާރެއް ރަޖިސްޓްރީ ކުރުމަށް ވެފައިވާ ވައުދު ފުއްދިގެންދާނެކަމުގެ ޔަގީންކަން އަނެއްކާވެސް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާ ދެއްވައިފިއެވެ.

މާލެއެކޭ އެއްފަދައިން ހުޅުމާލޭގައިވެސް ގިނަ އަދަދެއްގެ ވެހިކަލް ދުއްވައި، ޕާކް ކުރުމަށް މިހާރު ދިމާވެފައިވާ މައްސަލަތަކާއި، އަދި އެކި ތަންތަނުގައި ޕާކް ކުރެވިފައިވާ އުޅަދުތަކަށް ފަސޭހައިން ޕާކްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި މިއަދު މޭޔަރާއި، ހުޅުމާލެ ދާއިރާގެ ސިޓީ ކައުންސިލަރުވަނީ ހުޅުމާލޭގައި މިކަމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދަށް ވަޑައިގެން ބިން ބައްލަވާލައްވާފައެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ މަގުމަތީގައި ޕާކްކޮށްފައި ހުންނަ ވެހިކަލްތަކާއި، ހުޅުމާލޭ ރައްޔިތުންގެ ވެހިކަލްތައް ޕާކް ކުރުމަށްޓަކައި މަދުވެގެން 500 ވެހިކަލްގެ ޕާކިން ބިލްޑިންއެއް، ހުޅުމާލެއިން މާލެ ސިޓީކައުންސިލަށް ކުރީގެ ކައުންސިލުން ހޯދާފައިވާ ބިމުގައި ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިއަދުވަނީ ފަށާފައިވާކަމަށެވެ. މިކަމުގެ ސަބަބުން ހުޅުމާލޭގައި ޕާކްކުރުމަށް އޮތް މައްސަލައަށާއި، ފަސޭހައިން ޕާކްކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިމަސައްކަތާއި ގުޅިގެން ޝުޖާ ވިދާޅުވީ ކެމްޕެއިންގައި ރައްޔިތުންނަށް ވެފައިވާ ވައުދާއި އެއްގޮތަށް ކޮންމެ ފްލެޓަކަށް ކާރެއް ޕާކްކުރެވޭނެ އިންތިޒާމު ފަސޭހަ ކަމާއިއެކު ހަމަޖައްސަވާނެކަމަށެވެ. އަދި މިފެށިގެންދަނީ އެމަސައްކަތް ކަމުގައި ޝުޖާ ވަނީ ވިދާޅުވެފައެވެ.

ޕާރކިންގ ބިލްޑިންގ އާއިއެކު ހުޅުމާލޭގެ ރައްޔިތުންނަށް ވީވަޢުދާ އެއްގޮތައް ކޮންމެ ފުލެޓަކަށް ކާރެއް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ވާހަކަ ލޮބުވެތި ރައްޔިތުންގެ މަޢުލޫމާތައްޓަކައި ދަންނަވަން.

– ޝުޖާ ވިދާޅުވިއެވެ.

ހުޅުމާލޭގެ ރައްޔިތުންނަށް ކެމްޕެެއިން ތެރޭގައި ޝުޖާ ވެވަޑައިގެންނެވި ވައުދުތައް ދައުރުގެ ވީހާވެސް ކުރީކޮޅު ފުއްދުމަށް ޝުޖާ ގެންދަވަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ހުޅުމާލޭގައި ހުރި މައްސަލަތައް ކެމްޕެއިންތެރޭގައި ނޯޓް ކުރެއްވި ގޮތަށް އެކަންކަން ކުރުމަށް ޝުޖާ ގެންދަނީ ހުރި ހުރަސްތަކާއިއެކު ގިނަ މަސައްކަތްތަކެއްކޮށްގެން ހާސިލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ