ސީރިއާއި ދެކޮޅަށް އެރިކާއިން ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އަޅައިފި

ސީރިއާއި ދެކޮޅަށް އެރިކާއިން ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އަޅައިފި

Author
ހުސެއިން
29 ޖުލައި 2021 07:11
0

ސިރިއާގެ ސަރުކާރުން އިންސާނީ ހައްގުތަކާ ޚިލާފް އަމަލްތައް ހިންގަމުންދާތީކަމަށް ބުނެ، ބައިޑްންގެ ސަރުކާރުން ސީރިއާއި ދެކޮޅަށް އަޅާނެ ދަތިކުމުގެ އާ ފިޔަވަޅުތަކެއް މިހަފްތާގެ ބުދަ ދުވަހު އިއުލާން ކޮށްފިއެވެ.

އެމެރިކާއިން ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް ސީރިއާ ސަރުކާރާ ދެކޮޅަށް އަޅާނެކަން ބުދަ ދުވަހު އިއުލާން މިކުރީ، ސަރަހައްދީ އަދި ބައިނަލް އަގުވާމީ އެތައް ގައުމަކުން އަސްސަދުގެ ސަރުކާރާ އެކީ އޮތްގުޅުން އާންމު ހާލަތަކަށް ގެނައުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.

"މިއަދު ޓްރަޝަރީ ޑިޕާޓްމަންޓުންވަނީ މުޅިން އާފިޔަވަޅުތަކެއް އަސްއަދުގެ ސަރުކާރާ ދެކޮޅަށް އަލާފަ، މިއީ، ސީރިއާގެ އަސްކަރީ ޖަލުތަކުގައި ހިންގާފައިވާ އަނިޔާވެރި އަމަލްތަކާއި، އަދި ސީރިއާގެ ސަރުކާރުން އިންސާނީ ހައްގުތަކަށް އިހުތިރާމް ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން، އަޅާފައިވާ ފިޔަވަޅުތަކެއް،" އޮފީސް އޮފް ފޮރިންގ އެސެޓްސް ކޮންޓްރޯލް (OFAC)ގެ ޑިރެކްޓަރ އަންޑްރިއާ ގަކީ ވިދާޅުވެފައި ވެއެވެ.

ގަކީ އިތުރަށް ވިދާޅުވި ގޮތުގައި، ސީރިއާގެ އިންޓެލިޖެންސް ސިސްޓަމުގައި މަސައްްކަތް ކުރަމުންދާ ސީނިއަރ ޕްރިޒަންސް އޮފިޝަލުންގެ 5 މީހަކަށްވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން އިތުރަށް ބުނެފައިވަނީ، ސީރިއާގައި ހަރަކާތަތެރި ވަމުންދާ ހަތިޔާރުއެޅި ދެ ޖަމާއަތަކާއި ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި ހިމެނޭ އެއް ގްރޫޕްއަކީ އައިސިސް ޖަމާއަތުގެ ތެރެއިން އުފެދިގެން އައިސްފައިވާ ޖަމާއަތެއް ކަމުގައިވާ އަހުރާރް އަލް ޝަރުގިއްޔާ ހިމެނެއެވެ.

މީގެ އިތުރުން މީގެ ކުރިން އެމެރިކާއިންވަނީ ސީރިއަން އަރަބި އާމީއާއި ގުޅުން އޮންނަ ސަރަޔާ އަލް އަރީން ނަމަކަށް ކިޔާ ޖަމާއަތަކާ ދެކޮޅަށްވެސް ދަތި ކުރުމުގެ ފިޔަވަޅު އަޅާފައެވެ.

އެމެރިކާއިން ވަނީ ތުރުކީގައި ތިބޭ އަލްގައިދާއަށް ފައިނޭންސް ކޮށްދޭ ފަރާތްތަކާއި، އަދި ހަގުރާމަވެރިން ރެކްރޫޓު ކުރާ ފަރާތްތައްވެސް މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމަނާފައެވެ.

މި ގޮތުން އެމެރިކާއިން ދަތި ފިޔަވަޅުތައް އަޅާފައިވަނީ، ވަކި ވަކި ފަރުދުންގެ 8 ފަރާތަކާއި އަދި މީއިތުރުން 10 ޖަމާއަތަކާ ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.