ޕީޕީއެމްއާއި ގިނަބަޔަކު ގުޅެމުންދަނީ، ސަރުކާރާއިމެދު އުންމީދު ކެނޑުމުން: ޝިޔާމް

ޕީޕީއެމްއާއި ގިނަބަޔަކު ގުޅެމުންދަނީ، ސަރުކާރާއިމެދު އުންމީދު ކެނޑުމުން: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
28 ޖުލައި 2021 08:25
0

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިހާރު ކުރިއަށްގެންދާ "މަވެސް ޕީޕީއެމް" ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ޕީޕީއެމްއާއި ގުޅެމުންދަނީ މިސަރުކާރާއިމެދު ރައްޔިތުން ކުރާ އުންމީދެއް ނެތުމުން ކަމުގައި އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

"މަވެސް ޕީޕީއެމް"ގެ ނަމުގައި މުޅި ރާއްޖޭގައި ގެންދާ މިހަރަކާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ދަނީ ޕީޕީއެމްއާއި ގުޅެމުންނެވެ. މިކަމަށް އިޝާރާތް ކުރައްވާ ޝިޔާމް ވިދާޅުވީ ޕީޕީއެމްއަކީ ރާއްޖޭގެ ރައްޔިތުންނަށް އޮތް އުންމީދުކަން ދިވެހި ހުރިހާ ރައްޔިތުން ގަބޫލުކުރާކަމަށެވެ. ކޮންމެ ދުވަހަކު ޕީޕީއެމްއާއި ގުޅޭ މީހުން އިތުރުވެ ޕާޓީއަށް އޮންނަ ތާއީދު އިތުރުވެގެންދަނީ ރައްޔިތުން މިސަރުކާރާއި ރައީސް ޞާލިހުއާއިމެދު އޮތް އުންމީދު ކެނޑުމުންކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޕީޕީއެމް، ޕީއެންސީ އަދި ރައީސް ޔާމީން އަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އޮތް ތާއީދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުން. މަވެސް ޕީޕީއެމްގެ ހަރަކާތާއިއެކު ކޮންމެ ދުވަހަކު އެތައް ބަޔަކު އަންނަނީ ޕީޕީއެމްއާއި ގުޅެމުން. ރައީސް ޞާލިހު އާއި ދޭތެރޭ ރައްޔިތުން އިތުރަށް ކުރާނެ އުންމީދެއްނެތް.

– ޝިޔާމް ވިދާޅުވިއެވެ.

ޕީޕީއެމްއިން ބުނެފައިވަނީ މި ކެމްޕޭނުގެ ތެރެއިން އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ޕާޓީއަށް އިތުރު 10،000 މެމްބަރުން ހަމަކުރުމަކީ އަމާޒެއް ކަމަށެވެ. މެމްބަރުން އިތުރުކުރުމުގެ ކެމްޕޭން މާލޭގެ އިތުރުން އަތޮޅުތަކުގައި ވެސް ކުރިއަށް ދެއެވެ. މީގެ އިތުރުން މި ހަރަކާތަކީ، ރައީސް ޔާމީން މިނިވަންކޮށް 2023 ވަނަ އަހަރުގެ އިންތިހާބުގައި އެމަނިކުފާނު ރިޔާސަތަށް ގެނައުމަށްޓަކައި ކުރާ މައްސައްކަތްތަކަށް އިތުރު ފޯރިޔަކާ ޖޯޝެއް ގެނައުމަށް އަންހެނުންގެ ހަރަކާތުގެ ފަރާތުން އިސްނަގައިގެން ފެށި ހަރަކާތެއް ކަމަށް އެޕާޓީން ބުނެއެވެ.

މީގެ ކުރިންވެސް ޕީޕީއެމުން ވަނީ “މަވެސް ޕީޕީއެމް” ނަމުގައި ޕާޓީ އަށް މެމްބަރުން އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެކި ހަރަކާތްތައް ކުރިއަށްގެންގޮސްފަ އެވެ.

2011 ވަނަ އަހަރުގެ އޯގަސްޓް މަހު 17 ވަނަ ދުވަހު އުފެއްދި ޕީޕީއެމްގެ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު ތިބި މެމްބަރުންގެ ޖުމްލަ އަދަދަކީ 38،020 އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކަދުރު
ހަރާމް ހުކުމެއް ކޮށްގެން ފޭރިގަނެފައިވާ ޕީޕީ އެމްގެ ޔާމީނު ވެރިކަމަށް ހޮވެއްޖެނަމަ އަނެއްކާވެސް ނުހަށްގުން އެތަށްބަޔަކު ޖަލަށްއަޅާ ކާބޯތަކެތި ހަނޑޫ ހަކުރު ފުށް އަތްނުފޯރާ ހިސާބަށް އަގުބޮޑުކުރާނެ އެފަދަ ދަތިހާލެއްގައި އުޅެން ރަށްޔިތުން ބޭނުމެއްނޫން ޔާމީނުވެރިކަމެއްދެނެއް ވަރަށް ވަރަށް ސާފް އިނގޭތޯ