ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ދުބާއީއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.
ރައީސް ސޯލިހް ދުބާއީ ދަތުރުފުޅުން އެނބުރި ވަޑައިގަންނަވާނީ މިމަހުގެ 31 ވަނަ ދުވަހުއެވެ. ރައީސް ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ވެސް ނުރަސްމީ ދަތުރުފުޅެއްގައި ދުބާއީއަށް ވަޑައިގެންފަ އެވެ. އެ ފަހަރު ދުބާއީއަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ކޮއްކޯފުޅު އަހްމަދު މުހައްމަދު ސޯލިހް އަވަހާރަވުމާ ގުޅިގެން ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށެވެ.
ރައީސް ސޯލިހް މިއަދު ދުބާއީ އަށް ވަޑައިގަންނަވަނީ އާއިލީ ބޭފުޅުން ދުބާއީގައި ތިއްބެވުމާ ގުޅިގެން އާއިލީ ކަމެއްގައެވެ.
ހުސްވި ޖޫން މަހުގެ ފަހުކޮޅުވެސް ރައީސް، ދުބާއިއަށް ދަތުރުފުޅެއް ކުރެއްވިއެވެ. އެ ދަތުރުފުޅަކީ އެމަނިކުފާނުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވަން ކުރެއްވި ދަތުރުފުޅެކެވެ.
ކޮމެންޓު ފޮނުވާ