ލޮޓަސް ގޯޅި ބަންދުކޮށްދޭން އިންޑިއާ ހައިކޮމިޝަނުން ނޭދޭ: ސަރުކާރު

ލޮޓަސް ގޯޅި ބަންދުކޮށްދޭން އިންޑިއާ ހައިކޮމިޝަނުން ނޭދޭ: ސަރުކާރު

Author
މުޙައްމަދު ޝަޒައިމް
26 ޖުލައި 2021 01:28
0

އިންޑިއާ ހައިކޮމިޝަނުގެ އިރަށް އޮންނަ ލޮޓަސް ގޯޅި ބަންދުކޮށްދޭން އިންޑިއާ ހައިކޮމިޝަނުން އެދިފައި ނުވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

އިންޑިއާ ހައިކޮމިޝަނުގެ އިރަށް އޮންނަ ލޮޓަސް ގޯޅި ދާއިމީކޮށް ބަންދު ކުރުމަށް ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ސަރުކާރުގައި އެދުނުކަމަށް ބުނެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކާއި ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ހަބަރު ފަތުރާފައެވެ.

އިންޑިއާ ހައިކޮމިޝަނުގެ އިރަށް އޮންނަ ލޮޓަސް ގޯޅި ބަންދުކޮށްދޭން ހައިކޮމިޝަނުން އެދިފައި ނުވާ ކަމަށެވެ. އަދި ހައިކޮމިޝަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ސަލާމަތީ ހިދުމަތްތަކުންކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ރާއްޖޭގެ ޚާރިޖިއްޔާއިން ބުނެފައިވަނީ އިންޑިއާ ހައިކޮމިޝަނުގެ އިރަށް އޮންނަ ލޮޓަސް ގޯޅި ބަންދުކޮށްދޭން ހައިކޮމިޝަނުން އެދިފައި ނުވާ ކަމަށެވެ. އަދި ހައިކޮމިޝަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ސަލާމަތީ ހިދުމަތްތަކުންކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގައި ޤާއިމުކޮށްފައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ލާޒިމުކަމަކަށް ވީހިނދު، ދިވެހިރާއްޖެއާއި އަވައްޓެރި ޤައުމުތަކާ ދެމެދު އޮންނަ ގުޅުމަށާއި، ބޭރު ޤައުމުތަކުގެ މިޝަންތަކުގެ ރައްކާތެރިކަމަށް ބުރޫ އަރާގޮތަށް ކުރާ ކަންކަމަށް ހިތްވަރުލިބޭ ގޮތަށް، އެފަދަ ކަންކަން ދިފާއުކޮށް ބައެއް އޮންލައިން ނޫސްތަކުން މައުލޫމާތު ފަތުރަމުންދާތީ، އެކަމާ ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ކަންބޮޑުވާކަން ފާޅުކުރައްވާފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި ޗައިނާގެ އެމްބަސީގެ އެދުމުގެ މަތިން މިމަހުގެ ކުރީކޮޅު އެދެތަނުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އަދި އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށް ބުނެ ޓްވީޓް ކޮށްފައިވާ މައްސަލައާ ގުޅިގެން ޢުމުރުން 42 އަހަރުގެ ދިވެހި ފިރިހެނަކު މިމަހުގެ ތެރޭގައި ވަނީ ހައްޔަރުކޮށްފައެވެ.

މިފަދަ ކަންކަމަކީ، ދިވެހިރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންނާއި ބޭރު މިޝަންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ނުރައްކަލަށް ހުށަހެޅި، ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފާނެ ފަދަ ނާޒުކު މައްސަލައެއްކަމުން، މައުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ޒިންމާދާރުވުމަށް ހުރިހާ ފަރާތްތަކަށް ފުލުހުންވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.