ހުކުރު މިސްކިތުގައި ބިދޭސީ އަންހެނަކު "އަޅުކަމެއް" ގައި

ހުކުރު މިސްކިތުގައި ބިދޭސީ އަންހެނަކު "އަޅުކަމެއް" ގައި

Author
މުޙައްމަދު ޝަޒައިމް
22 ޖުލައި 2021 08:51
0

މާލޭ ހުކުރު މިސްކިތައް އަރައި ބިދޭސީ އަންހެނަކު "އަޅުކަމެއް" ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

މިވީޑިއޯ އާންމުވުމާއިއެކު ގިނަ ބަޔަކު ދަނީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށް، މިކަން ރަނގަޅަށް ތަހުގީގް ކުރުމަށް ކަމާއި ގުޅުންހުރި އިދަރާތަކަށް ގޮވާލަމުންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި މި އަންހެން މީހާފގެ އަތުގައި ކޮންމެވެސް ކަހަކަ ތަސްބީހަ ފައްޗެއްވެސް އޮތެވެ. އަދި އޭނާ އިނީ ދެފައި ވަށްކޮށްގެން ހަމަޖެހިލައިގެން މިސްކިތުގެ ތެރޭގައި އިށީދެގެންނެވެ.

 

ވީޑިއޯ އިން ފެންނަނީ އަންހެން މީހާ "މެޑިޓޭޝާން" ގައި އިންނަ މަންޒަރެވެ. އެއީ ޔޯގާ ކަސްރަތު ކުރާ މީހުން ވެސް އިށީންދެގެން ތިބޭ ގޮތެކެވެ. ވީޑިއޯ އާއްމު ކުރި ބައެއް ފޭސްބުކް ޕޭޖްތަކުގައި ވެސް ބުނެފައި ވަނީ އަންހެން މީހާ އިނީ ޔޯގާ ކަސްރަތު ކުރަން ކަމަށެވެ. ނަމަވެސް ވީޑިއޯ އިން ފެންނަ އަންހެން މީހާ އިނީ ޔޯގާ ކަސްރަތު ކުރާކަށް ނޫނެވެ.

މެޑިޓޭޝަން ފެށިގެން އައީ ދީނީ އަޅުކަމެއްގެ ގޮތުގައެވެ. އެކަން ފުރަތަމަ ފެށި ކަމަށް ވަނީ ބުދު ދީނުގެ ހާމުދުރުންނާއި ހިންދޫ ދީނުގެ ގުރޫންނެވެ. ނަމަވެސް މިހާރު ބައެއް އެހެން ދީންތަކުގެ މީހުން ވެސް އެކަން ކުރެއެވެ. އަދި ދީނީ ކަމެއްގެ ގޮތުގައި ނޫން ގޮތަކަށް ވެސް އެގޮތައް ހަމަހިމޭންތަނެއްގައި އިށީންދެގެން މިގޮތައް ތިބޭ މީހުން އުޅެއެވެ. ހުކުރު މިސްކިތުގައި ނަމާދު ކުރުމުގެ ހުއްދަ އޮންނަނީ ވެސް ހަމައެކަނި ފިރިހެނުންނަށެވެ.

ހުކުރު މިސްކިތައް އަރައި މެޑިޓޭޝަންގައި އިން އަންހެން މީހާ އަކީ ކޮން ގައުމެއްގެ މީހެއް ކަމެއް ނޭނގެއެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި މިސްކިތުގައި އިށީންދެގެން އިން އަންހެން މީހާ އާއި ވީޑިއޯ ކުރި މީހާ ފިޔަވައި އިތުރު މީހަކު އެވަގުތު މިސްކިތުގައެއް ނެތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.