އަފްއާނިސްތާން ސަފީރުގެ ދަރިފުޅު ކިޑްނެޕް ކުރިކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތް: ޕާކިސްތާން އިންޓީރިއަރ މިނިސްޓްރީ

އަފްއާނިސްތާން ސަފީރުގެ ދަރިފުޅު ކިޑްނެޕް ކުރިކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތް: ޕާކިސްތާން އިންޓީރިއަރ މިނިސްޓްރީ

Author
ހުސެއިން
21 ޖުލައި 2021 06:47
0

އަފްއާނިސްތާނުން ޕާކިސްތާނަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރުގެ އަންހެން ދަރިފުޅު ކިޑްނެޕް ކޮށްފައި ވާކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތްކަމުގައި ޕާކިސްތާނުގެ އިންޓީރިއަރ މިނިސްޓްރީން އަންގާރަ ދުވަހު ބުނެފިއެވެ.

އަފްއާނިސްތާނުން ޕާކިސްތާނަށް ކަނޑައަޅުއްވާފަ ހުންނަވާ ސަފީރުގެ އަންހެން ދަރިފުޅު ކިޑްނެޕް ކޮށްފައިވާ ކަމަށް ސަފީރު ކޮށްފައިވ ާތުހުމަތުތަކާ ގުޅިގެން ދެގައުމުގެ ދެމެދުގައި ގުޅުމަށް މިހާދިސާގެ ސަބަބުން ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.

އަފްއާނިސްތާނުގެ ފޮރިންގ މިނިސްޓްރީން ހޮނިހިރު ދުވަހު ބުނެފައިވަނީ، ސަފީރުގެ އަންހެން ދަރިފުޅު ސިލްސިލާ އަލިޚިލް ކިޑްނެޕް ކޮށްފައިވަނީ، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ޓްކްސީއެއްގައި ގެއަށް އަންނަނިކޮށް ކޮން ބައެއްކަން ނޭގޭ ބައެއްކަމަށެވެ. އަދި ކިޑްނެޕް ކުރުމަށްފަހު، އެތައް ގަޑިއިރެއްވަންދެން ހިފަހައްޓާފަ ދޫކޮށްލިއިރު އޭނާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާ ކޮށްފައި ކަމަށްވެސް އަފްއާން ފޮރިންގ މިނިސްޓްރީން ބުނެފައި ވެއެވެ.

ޕާކިސްތާންގެ ފޮރިންގް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަފީރުގެ ދަރިފުޅަށް ބަޔަކު ހަމަލާ ދީފައިވާ ކަމަށެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން، ސަފީރު ނަޖީބުﷲ އަލިހިލް އާއި އާއިލާގެ ސެކިއުރިޓީ މިހާރު ވަރުގަދަ ކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް އަންގާރަ ދުވަހު، ޕާކިސްތާނުގެ މުވައްސަސާތަކުންވަނީ، މި ހާދިސާ ހިނގިކަމަށް އެންމެ ފުރަތަމަ އަޑު ފެތުރިގެން ދިޔަކަމަށް ބުނާ ބީދައިން އެކަން ހިގާފައި ނުވާކަން ހާމަކޮށްދީފައެވެ.

"ކިޑްނެޕް ކުރުމުގެ އެއްވެސް ހާދިސާއެއް ހިގާފައެއް ނުވޭ،" ޕާކިސްތާނުގެ އިންޓިރިއަރ މިނިސްޓަރ ޝެއިޚް ރާޝިދު ނޫސްވެރިންގެ ަބައްދަލު ވުމެއްގައި ރިޕޯޓަރުންނަށް މައުލުމާތު ދެމުން ވިދާޅުވެފައި ވެއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މި މައްސަލަ ތަހުގީގު ކުރަމުންދާ ޓީމުގެ ފަރާތުން 700 ގަޑިއިރުގެ ސީސީޓީވީ ފޫޓޭޖު ދިރާސާކުރުމުގެ އިތުރުން 200 ޓޭކްސީ ބަލާ ފާސްކޮށްފައި ވާކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާދިސާގެ ބޭނުން ކުރަމުންދަނީ، އޭނާގެ ގައުމުގެ އަގު ވައްޓާޚުމުގެ މަގުސަދުގައި ކަމަށެވެ.

"ސަފީރުގެ ދަރިފުޅާ އަދި ފުލުހުންގެ މައުލޫމާތުތަކުގައި ބޮޑެތި ފަރަގުތަކެއް ހުރި ކަމުގައިވި ނަމަވެސް، މިމައްސަލާގައި އެންމެ ތަންކޮޅެއްވެސް ފަހަތަށް ނުޖެހި ތަހުގީގު ކުރުމުގައި ކުރިޔަށް ދާނެކަމުގައިވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާކިސްތާނުގެ އިންޓީރިއަރ މިނިސްޓަރު ވިދާޅުވެފައި ވެއެވެ. އަދި އޭނާވަނީ، ސަފީރުގެ ދަރިފުޅު ސިލްސިލާ އަކިހިލްއަށް ފުލުހުން ކުރިޔަށް ގެންދާ ތަހުގީގަށް އެހީތެރިކަން ފޯރުކޮށް ދިނުމަށްވެސް ގޮވާލައްވާފައެވެ.

މި ހާދިސާއާއި ގުޅިގެން، ސަލާމަތަށް ނުރައްކާ ހުރިކަމަށް ބުނެ، އަފްއާނިސްތާނުން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުވަނީ އަބުރާ ގައުމަށް ގެންގޮސްފައެވެ. އަދި މިކަމަށްޓަކާ ޕާކިސްތާން ސަރުކާރުން ހިތާމަ ކުރާކަމަށްވެސް މި ބަޔާނުގައި ބުނެގައި ވެއެވެ.

ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދަކީ، އާންމުކޮށް ސެކިއުރިޓީ ވަރަށް ވަރުގަދަކޮށް އޮންނަ ސިޓީއެކެވެ. މިއީ 1 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސިޓީއެކެވެ.

އަފްޣާނިސްތާން ފޮރިންގ މިނިސްޓްރީން ބުނެފައިވަނީ، ހާލަތު ދެނެގަތުމަށްޓަކާ އަގްއާން ޑެލިގޭޝަންއެއް ޕާކިސްތާނަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެއަށްފަހު މިހާދިސާއާއި ގުޅިގެން އިތުރު ވިޔަވަޅުތައް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.