ވެރިކަން ކުރާ މައި ޕާޓީން އެޕާޓީގެ އެންމެ އިސްލީޑަރާއި ދެކޮޅަށް ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން ކިތަންމެ ބަޔާންނެރެ ނަޝީދުގެ ތާއީދު އޮތްކަން ދެއްކުމަށް މަަސައްކަތް ކުރިޔަސް، މިހާރު އެމްޑީޕީގައި ނަޝީދުގެ ކޮންޓްރޯލެއް ނެތްކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ ނަފްރަތު ބިލަށް ސަރުކާރުން ތާއީދު ނުކުރުމާއި ގުޅިގެން، ރައީސް ޞާލިހާއި، ސަރުކާރަށް ފާޑުވިދާޅުވެ އެމްޑީޕީގެ ޒުވާނުންގެ ގޮފިންނާއި، އަންހެނުންގެ ރޫހުން ބަޔާން ނެރުމާއި ގުޅިގެންނެވެ. މިބަޔާންތަކުގައި ވަނީ ސަރުކާރުން އެމްޑީޕީގެ އަސާސްތައް ފުޑުފުޑު ކޮށްފައިވާކަމަށް ބުނެފައެވެ. އަދި އެމްޑީޕީން ގަބޫލުކުރި ހުރިހާކަމެއް ދޫކޮށް، ކޯލިޝަންގައި ހިމެނޭ ކުޑަ ޕާޓީއަކަށް ހުރިހާ ބާރެއް ދޫކޮށްފައިވާކަަމަށެވެ.
މިވާހަކަތަކަށް ރައްދު ދެއްވަމުން މޫސަ ވިދާޅުވީ މިބަޔާން ތަކަކީ ރައީސް ނަޝީދުގެ ކޮންޓްރޯލް އެމްޑީޕީގައި އޮތްކަން ދެއްކުމަށް ކުރާ މަސައްކަތެއް ކަމަށެވެ. ނަމަވެސް މިބަޔާންތައް ނެރުނު ކަމުގައި ވީނަމަވެސް ޕާޓީ ތެރޭގައި މިހާރު ނަޝީދަށް ކޮންޓްރޯލެއް ނެތްކަމަށް މޫސަ ވިދާޅުވިއެވެ.
ސަރުކާރު ހިންގަން ހުރީ އެމްޑީޕީގެ އަސާސީ ޤަވާއިދުގަ ބުނާ ޕާޓީގެ އިސްލީޑަރުކަމަށްވާއިރު ރައީސްގެ ފަރާތުން އެދިގެން ރައީސުލްޖުމްޙޫރިއްޔާ ބަދުނާމުކުރަން ޤަރާރުނެރުމަކީ އަސާސީ ޤަވާއިދު ދަންނަ ކަމެއްނޫން. ކިތައްމެވަރަކަށް ރައީސް ނަޝީދު ގެކޮންޓްރޯލް އެމްޑީޕީގައި އޮތްކަމަށް ދެއްކިޔަސް މިހާރު ނެތް.
– މޫސަ ވިދާޅުވިއެވެ.
ސަރުކާރު ހިންގަން ހުރީ MDP ގެއަސާސީ ޤަވާއިދުގަ ބުނާ ޕާޓީގެ އިސްލީޑަރުކަމަށްވާއިރު ރައީސްގެ ފަރާތުން އެދިގެން
ރ ޖުމްޙޫރިއްޔާ ބަދުނާމުކުރަން ޤަރާރުނެރުމަކީ އަސާސީ ޤަވާއިދު ދަންނަ ކަމެއްނޫން ކިތައްމެވަރަކަށް RN ގެކޮންޓްރޯލް MDP ގައޮތްކަމަށްދެއްކިޔަސް މިހާރު ނެތް— Moosa Maniku (Reeko) (@ReekoMoosa) July 19, 2021
މޫސަ ވިދާޅުވީ އެމްޑީޕީން، އެމްޑީޕީ ސަރުކާރާއި ދެކޮޅަށް ބަޔާން ނެރުމަކީ ޕާޓީ ބައިބައިކޮށް ޕާޓީ ތެރޭގައި މަސްލަހަތު ނަގާލުމަށް ކުރެވޭ ކަމެއްކަމަށެވެ. ގޮފިތަކުގައި ކަންބޮޑުވާ ކަންކަން ހުރިނަމަ އެކަންކަން ހުށަހަޅަންވީ ގައުމީ މަޖިލީހަށް ކަމަށާއި، ގައުމީ މަޖިލީހުން މިކަންކަމާއި ދެކޮޅު ހަދާ މީހުންނާއިމެދު އަމަލުކުރާނެ ގޮތެއްވެސް ކަޑައެޅިފައިވާކަަމަށް މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ އަންހެނުންގެރޫޙާ ޒުވާނުންގެ ނަމުގާ ބަޔާންތަށްނެރެ ޢާއްމުކުރުމުން ޕާޓީ ރޫޅިފައިވާވަރު އެބަ ދޭހަވޭ އެފަދަބަޔާންތަށް ޤައުމީ މަޖްލީހަށް ހުށަޅާ ޕާޓީން އެކައްޗެއްކިޔަންވީ ނޫންތޯ؟ އެއިރުން ދެކޮޅުހަދާމީހާ އެއްކަލަ ފިޔަވަޅުއަޅާ ކޮމެޓީއަށްގެންދާނީ؟
– މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ ޒުވާނުންގެ ގޮފިންނާއި، އަންހެނުންގެ ރޫހުން ނެރުނު ބަޔާންތަކުގައި ވަނީ ރާއްޖެއަކީ އަމާން ވެއްޓެއް ޤާއިމުވެފައިވާ ތަނަކަށް ހެދުމަށްޓަކައި، ވަގުތީ ސިޔާސީ މަންފާއަށްވުރެ ރައްޔިތުންގެ އަސަސީ ޙައްޤުތައް ހިމާޔަތްކުރުން އިސްކޮށް، އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ހަލުވިކުރުމަށާއި، އެ.މް.ޑީ.ޕީ. ގެ އަސާސްތަކަށް ސަރުކާރުން އިޙްތިރާމްކޮށް އެ.މް.ޑީ.ޕީ. ގެ މައިގަނޑު އަސާސްތައް ދިފާޢު ކޮށްދެއްވުމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން ވަނީ ސަރުކާރަށް އިލްތިމާސް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ