މަސްމާރުކޭޓުގައި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ހުސްކުރަން އަންގައިފި

މަސްމާރުކޭޓުގައި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ހުސްކުރަން އަންގައިފި

Author
މުޙައްމަދު ޝަޒައިމް
19 ޖުލައި 2021 10:56
0

މާލޭގެ ރޯމަސް މާރުކޭޓް އިމާރާތުގެ މަތީގައި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ހުސްކުރަން މާލޭ ސިޓީ ކައުންސިލުން އިއްޔެ އަންގައިފިއެވެ.

ކައުންސިލުން ނެރުނު އިއުނާލެއްގައި ބުނީ، މަސް މާރުކޭޓް އިމާރާތުގެ މަތީގެ ދެ ފަންގިފިލާގައި ހުރި މީހުން ނިދާ ތަންތަނާއި ފިހާރަތަކާއި ގުދަން ފަދަ ތަންތަން، މިހާރު ބޭނުންކުރަމުން ގެންދާ ފަރާތްތައް ދެނެގަތުމަށްޓަކައި އެ ކައުންސިލުން ކުރި އިއުލާނާ ގުޅިގެން ރަސްމީ ލިޔުމެއް ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ، އެތަނުގައި ހުރި "ލިސްޓޯ" ފިހާރަ ފިޔަވައި އެހެނިހެން ހުރިހާ ތަނަކަށް މުދަލާއި ތަކެތި ވައްދާފައިވާ ފަރާތްތަކުން، އެފަރާތަކުން އެތަނަކަށް ވައްދާފައިވާ މުދަލާއި ތަކެތި، ލަސްވެގެން މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން އެތަންތަން ނެރެ، ހުސްކުރަން ޖެހޭނެ ކަމަށެވެ.

އަދި އެމުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި މެދު އެއިދާރާއިން ނިންމާގޮތެއްގެ މަތިން ޢަމަލުކުރެވޭނެ ކަމަށާއި މިކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަކަށް އެއިދާރާއިން ޒިންމާ ނުވާނެ ކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މާރުކޭޓުތަކުގެ ޚިދުމަތްތަކަށް ގިނަ ބަދަލުތަކެއް ގެނައުމަށް ސިޓީ ކައުންސިލުން ނިންމާފައިވާއިރު، ސިޓީ ކައުންސިލްގެ އަމާޒަކީ ޒަމާނީ އާ މާރުކޭޓުތައް ތަރައްޤީކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.