މިއަދާއި މާދަމާ މާލެ ސަރަހައްދުގެ ކޯވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގާ ސެންޓަރުތައް ބަންދުވާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން ވިދާޅުވީ މިއަދާއި، މާދަމާ އެ ސެންޓަރުތައް ބަންދުވިޔަސް މި މުއްދަތުގެ ތެރޭގައި ބަލި ޖެހިފައި ތިބި މީހުންނާ ކޮންޓެކްޓްވި މީހުންނާއި ކަރަންޓީންގައި ތިބި މީހުންގެ ސާމްޕަލްތައް ރެޕިޑް ރެސްޕޮންސް ޓީމުން ނަގަމުން އަންނާނެކަމަށެވެ.
On 19th and 20th July, sample collection centers in Greater Malé Area will be closed. Contacts, and others in quarantine will have their samples taken by RRT during this period.
— Health Protection Agency (@HPA_MV) July 18, 2021
މިވަގުތު ކޯވިޑަށް ޓެސްޓްކުރުމަށްޓަކައި ސާމްޕަލްތައް ނަގަމުން ދަނީ ސޯޝަލް ސެންޓަރާއި ވިލިމާލޭގައި އެކަމަށް ޚާއްސަކޮށްފައި ހުރި ސެންޓަރުތަކުންނެވެ. އަދި ސެނަހިޔާ އާއި ވިލިމާލެގައިވެސް ވަނީ ކޯވިޑްއަށް ޚާއްސަކޮށްގެން ފުލޫ ކްލިނިކްތަކެއް ޤާއިމްކޮށްފައެވެ. ކޯވިޑް19 ބަލި ޖެހިފައިވާ މީހަކާއި ބައްދަލުވެ ނުވަތަ ޑައިރެކްޓް ކޮންޓެކްޓެއްނަމަ އަދި ބަލީގެ އަލާމާތްތައް ހުރިނަމަ މާލޭގައި ދާންޖެހޭނީ ސެނަހިޔާ ފްލޫ ކްލިނިކަށެވެ. ވިލިމާލޭގައި ބަލީގެ އަލާމާތް ފެންނަ ހުރިހާ މީހުންވެސް ދައްކަންޖެހޭނީ ފްލޫ ކްލިނިކްތަކަށެވެ.
އަލާމާތްތައް ނުފެންނަ މީހުންނަށް ސާމްޕަލް ކަލެކްޝަން ސެންޓަރުތަކުން ސާމްޕަލް ނެގޭނެއެވެ. އެއީ ސޯޝަލް ސެންޓަރުގައި ހަދާފައިވާ ސާމްޕަލް ކަލެކްޝަން ސެންޓަރުންނެވެ. ފަހަކަށް އައިސް އެވަރެޖްކޮށް ދުވާލަކު ނަގާ ސާމްޕަލްގެ އަދަދުތައް އުޅޭނީ 5000 އިން މަތީގައެވެ. އެޗްޕީއޭއިން ކުރިއަށް އޮތް ދެދުވަހު ސާމްޕަލް ނެގުން ހުއްޓާލާފައިވާއިރު އަޞްޙާ ޢީދުބަންދުގައި ވެކްސިން ޖެހުންވެސް ވަނީ މަޑުޖައްސާލާފައެވެ.
ކޮމެންޓު ފޮނުވާ