ކުރާނެ ނުކުރާނެ ކަމެއް ނޭގުމުން، ވާނެކަމަކީ އަގު ވެއްޓި މަލާމާތް ރައްދުވުން: އަކްރަމް

ކުރާނެ ނުކުރާނެ ކަމެއް ނޭގުމުން، ވާނެކަމަކީ އަގު ވެއްޓި މަލާމާތް ރައްދުވުން: އަކްރަމް

Author
މުޙައްމަދު ޝަޒައިމް
18 ޖުލައި 2021 03:21
0

ކުރާނެ ނުކުރާނެ ކަމެއް ނޭގި ކަންކަން ކުރަމުން ދިއުމުން އަގުވެއްޓި މަލާމާތް ރައްދުވެގެންދާނީ ހަމަ އަމިއްލަ މީހާއަށް ކަމުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން، ވިދާޅުވެއްޖެއެވެ.

ބެލެވޭ ގޮތުގައި އަކްރަމް މިފަދަ ޓްވީޓެއް ކުރައްވާފައިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ފަހަކަށް އައިސް ރައީސް ޞާލިހުއާއި، ސަރުކާރަށް ނިސްބަތްކޮށް ދައްކަވަމުންދާ ވާހަތަކަށް ރައްދު ދެއްވަމުންނެވެ. ރައީސް ނަޝީދު ވަނީ ރައީސް ޞާލިހާއި މިސަރުކާރަށް ތާއީދު ނުކުރާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި މިސަރުކާރާއި އެމްޑީޕީގައިވެސް ހައްދު ފަހަނަ އަޅާފައިވާ މީހުން ތިބިކަމަށް ތުހުމަރުކޮށް ރައީސް ނަޝީދު ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި ބައިތު ހިފުމަށް ތާއީދު ކުރައްވާކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވާހަތަކާއި ގުޅިގެން ނުސީދާކޮށް ރައީސް ނަޝީދަށް ރައްދު ދެއްވަމުން އަކްރަމް ވިދާޅުވީ ކުރާނެ ނުކުރާނެ ކަމެއްނޭގި ކަންކަން ކުރުުމުން ފަލީހަތްވެ ބަދުނާމު ވާނީ އަމިއްލަ މީހާކަމަށެވެ. މިފަދަ ކަންކަމަކީ އަމިއްލަ މީހާގެ ނަފްސައްވެސް އަދި އެހެން މީހުންނަށްވެސް ހުރި ދެރައެއް ކަމަށް އަކްރަމް ވިދާޅުވިއެވެ.

ކުރާނެ ނުކުރާނެ ކަމެއް ނޭގި ކަންކަން ކުރަމުން ގެންދިޔާމާ. އަގު ވެއްޓެމުން، މަލާމާތް ރައްދުވަމުން ދަނީ، މިއީ ވަރަށް ދެރަކަމެއް އަމިއްލަ ނަފްްސައްވެސް އަދި އެހެން ފާރާތްތަކައްވެސް.

– އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.

ކުރިޔައްއޮތް އެމްޑީޕީގެ ގައުމީ މަޖިލިސްގެ އިންތިޚާބްގެ މާލޭ ދާއިރާގެ ރައީސް ކަމަށްވެސް ކުރިމަތިލައްވާފައިވާ އަކްރަމް ކަމާލުއްދީން ވަނީ މީގެކުރިންވެސް ރައީސް ނަޝީދަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން އަކްރަމް ވަނީ ނޯތު ކޮރެއާގެ ރައީސް އެޤައުމު ހިންގާގޮތަށް ޕާޓީއެއް ނުހިންގޭނެކަމަށް ވިދާޅުވެ ރައީސް ނަޝީދަށް ފާޑުވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު، ކަންކަން ހިނގަމުންދާ ގޮތުން ރައީސް ނަޝީދާއި، ނަޝީދަށް ތާއީދުކުރާ ބޭފުޅުން ދަނީ ސަރުކާރާއި ދެކޮޅުކަން ހާމަކޮށް، ސަރުކާރާއި ފެއަށް ޖެހެމުންނެވެ. މިކަންކަމުގެ ތެރޭގައި މިހާތަނަށް ރައީސް ޞާލިހު އަދި އެއްވެސް އެއްޗެއް ވިދާޅުވެފައިނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.