3 ގެސްޓު ހައުސްއެއްގެ ހުއްދަ ބާޠިލްކޮށްފި

3 ގެސްޓު ހައުސްއެއްގެ ހުއްދަ ބާޠިލްކޮށްފި

Author
މުޙައްމަދު ޝަޒައިމް
18 ޖުލައި 2021 08:31
0

ގަވާއިދާ ހިލާފަށް ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ހިދުމަތްދެމުންދިޔަ ތިން ގެސްޓްހައުސެއްގެ ލައިސެންސް ޓޫރިޒަމް މިނިސްޓްރީއިން ސަސްޕެންޑްކޮށްފިއެވެ.

މިކަމާއި ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ލައިސެންސް ބާޠިލް ކޮށްފައިވަނީ ދާދި ފަހުން އެޗްޕީއޭއިން ދެކުނު އޭޝިއާގެ ފަތުރުވެރިންނާއި ގުޅޭ ގޮތުން ނެރެފައިވާ އެންގުމާއި ޚިލާފުވި ގެސްޓު ހައުސްތައް ކަމަށެވެ. އެގޮތުން 3 ގެސްޓު ހައުސްއެއްގެ ހުއްދަ ބާޠިލްކޮށް އިތުރު 3 ތަނަށްކަށް އިންޒާރު ދީފައިވާ ކަމަށެވެ.

އެޗްޕީއޭއިން ނެރެފައިވާ ގައިޑްލައިންގައިވާ ގޮތުން، ޓްރާންސިޓް ހާލަތުގައި ފިޔަވައި މާލެ ސަރަހައްދުގެ ގެސްޓު ހައުސްތަކުގައި 48 ގަޑި އިރަށް ވުރެ ގިނަ އިރަށް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ނުތިބެވޭނެއެވެ. އަދި ރާއްޖޭގެ އެއްވެސް ރަށެއްގެ ގެސްޓްހައުސްއެއްގައި މިވަގުތަށް ދެކުނު އޭޝިއާ ފަތުރުވެރިން ބޭތިއްބުމަކީ މަނާކަމެއް ކަމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

އެ ގެސްޓްހައުސްތަކުގައި ތިބި ދެކުނު އޭޝިޔާގެ ޓޫރިސްޓުން ކަރަންޓީނުވާން ރިސޯޓުތަކަށް ދިއުމަށް މިނިސްޓްރީއިން ވަނީ ފުރުސަތުދީފައެވެ. ޓޫރިޒަމް މިނިސްޓްރީން އިންސްޕެކްޝަނެއް ފަށާފައިވާއިރު ސައްހަ ނޫން ހޮޓެލް ބުކިން ލިޔެކިޔުން ހިފައިގެން ރާއްޖޭގެ ބޯޑަރުން އެތެރެވާން އުޅުނު 248 މީހަކު ވަނީ ދާދިފަހުން ވަނީ ހުއްޓުވާފަ އެވެ. އޭގެތެރެއިން ގިނައީ އިންޑިއާ މީހުންނެވެ.

ދެކުނު އޭޝިއާގައި ކޯވިޑްގެ ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެމުންދިޔުމާއި ގުޅިގެން ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެއިން ޓޫރިސްޓް ވިސާ ދިނުން ހުއްޓާލާފައިވަނީ މިދިޔަ މޭއި މަހުގެ 13 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.