ހއ. ދިއްދޫ ބަނދަރު ބޮޑުކޮށް ޖެޓީ ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައްލަވައި ލައްވައިފިއެވެ.
އުތުރުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅާއިވެސް ގުޅުވައިގެން އެމްޓީސީސީން އުތުރުގެ ރަށްތަކުގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ސީއީއޯ އާޒިމް އިސްކޮށް ހުންނައިގެން ދަނީ ބައްލަވާލައްވަމުންނެވެ. މިގޮތުން ދިއްދޫ ބަނދަރުގެ މަސައްކަތް މިހާރު ކުރެވިފައިވާ މިންވަރާއި، އަދި ކުރިއަށްދާ ގޮތް އާޒިމް ވަނީ ބައްލަވާލައްވާފައެވެ.
CEO @adamazim inspects the progress of Ha. Dhihdhoo Harbor extension project.
During this visit media was also briefed on the latest updates of the project.#MTCCProjects pic.twitter.com/yGPq5rKClC
— MTCC Plc (@MTCCPlc) July 17, 2021
މި މަޝްރޫޢުގެ ދަށުން 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ބަނދަރު ފުންކުރުމާއި، 326 މީޓަރުގެ އެއްގަމުތޮށި ހެދުމާއި، 616 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 185 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 174 މީޓަރުގެ ނެރު ފައިކަށި ޖެހުމާއި، 2 ނެރުބައްތި ޖެހުމާއި، 58 މީޓަރު ގްރޮއިން ޖެހުމާއި، 40 މޫރިންގް ބޮއި ހަރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން ބޭރުތޮށީގެ ބަނދަރާވީ ފަރާތުގައި ދެ ކޮންކްރީޓް ޖެޓީ އެޅުމާއި، ރޭމްޕް ހެދުމާއި، 45 ބަނދަރު ބައްތި ޖެހުމާއި، 4320 ސްކުއަރ މީޓަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ. ހއ. ދިއްދޫ ބަނދަރު ބޮޑުކޮށް ޖެޓީ ހެދުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 69.8 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ