އެމްޑީޕީ އާއި ނަޝީދު، ސަރުކާރާއި ދެކޮޅުވުމުން އަވަސް އިންތިޚާބަކަށް ދާންޖެހޭ: މަލީހު

އެމްޑީޕީ އާއި ނަޝީދު، ސަރުކާރާއި ދެކޮޅުވުމުން އަވަސް އިންތިޚާބަކަށް ދާންޖެހޭ: މަލީހު

Author
މުޙައްމަދު ޝަޒައިމް
17 ޖުލައި 2021 11:40
0

ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީއާއި، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަން ކުރަމުންދާ ކޯލިޝަނާއި ދެކޮޅުކަން ހާމަކުރެއްވުމުން، އަވަސް އިންތިޚާބެއް ބާއްވަންޖެހޭ ކަމުގައި ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ބިލަށް މިސަރުކާރުން ތާއީދު ނުކުރާނަމަ، މިސަރުކާރަށް ތާއީދު ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަނުން ޑިމޮކްރަސީގެ ހުރިހާ އަސާސެއް ފުޑު ފުޑު ކޮށްލާފައިވާކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ ވާހަކަތަކާއި ގުޅިގެން މަލީހު ވިދާޅުވީ ފާޅުގައި މިސަރުކާރާއި ދެކޮޅުކަން ވެރިކަން ކުރަމުންދާ މައިޕާޓީގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވުމަކީ ކުޑަ ކަމެއްނޫންކަމަށެވެ. އެމްޑީޕީއާއި އެޕާޓީގެ ރައީސްގެ ތާއީދު މިސަރުކާރަށް މިސަރުކާރުގެ ކްރެޑިބިލިޓީއެއް ނޯންނާނެކަމަށް މަލީހު ވިދާޅުވިއެވެ. މިހާލަތުގައި ސަރުކާރަށް އޮތް އެންމެ ރަނގަޅު ގޮތަކީ އަވަސް އިންތިޚާބެއް ބާއްވައި ރައްޔިތުންގެ ޚިޔާލާއި އެއްގޮތަށް ސަރުކާރެއް އެކުލަވާލުން ކަމަށް މަލީހު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިޢުލާން ކުރައްވައިފި މިސަރުކާރާއި އެމަނިކުފާނު ދެކޮޅުކަން. ރައީސް ނަޝީދާއި އެމްޑީޕީ ސަރުކާރާއި ދެކޮޅުވީމަ ސަރުކާރުގެ ކްރެޑިބިލިޓީ ގެއްލުނީ. ރައްޔިތުންގެ ނިންމުމުގެ އަސާސް ގެއްލުނީ. އެހެންވީމަ ހައްލަކީ އަވަސް އިންތިޚާބެއް. އިއްޔެ ކުޅުދުއްފުށިން އިވުނީ އެއަޑު.

– މަލީހު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ މިހާރު އެމްޑީޕީގެ އިއްތިހާދު ކަމުނުދާކަމަށާއި، މިހާރު އޮތް ސަރުކަރު ކޯލިޝަނަށް ތާއީދު ނުކުރާކަމަށް މީގެ ކުރިންވެސް ދެފަހަރެއްގެ މަތީން ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ މިހާރު އޮތް ވެރިކަން ހިންގާ ކޯލިޝަނާއިއެކު ކުރިއަށް ދިއުމަށް ނޭދޭކަމަށެވެ. އަދި ރައީސް ޞާލިހުއާއިއެކު ސިޔާސީ އެއްވެސް މަސައްކަތެއް ކުރުމަށް ދެން ނުހުރެވޭނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އިތުރަށް ދެން ކުރަންޖެހޭ އެއްވެސްކަމެއް ނެތްކަމަށެވެ. ވެރިކަންވެސް ކުރެވިއްޖެ ކަމަށާއި، އަދި އެނޫންކަންވެސް ކުރެވިފައިވާކަމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރައްވަނީ ޤައުމު ދަރިންނާއި ހަމައަށް ހެޔޮ ގޮތުގައި ވާސިލް ކުރުމުގެމަސައްކަތް ކުރުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.