މިހާރު ވެރިކަންކުރާ ކޯލިޝަނުން ޑިމޮކްރަސީގެ ހުރިހާ އަސާސެއް މުގުރާލައިފި: ނަޝީދު

މިހާރު ވެރިކަންކުރާ ކޯލިޝަނުން ޑިމޮކްރަސީގެ ހުރިހާ އަސާސެއް މުގުރާލައިފި: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
17 ޖުލައި 2021 10:53
0

މިހާރު ރާއްޖޭގައި ވެރިކަން ކުރަމުންދާ ކޯލިޝަނުން ޑިމޮކްރަސީގެ ހުރިހާ އަސާސެއް މުގުރާލާފައިވާކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ރަސްމީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގައި، 2008 ވަނަ އަހަރު ވެރިކަން ލިބުނު ގޮތާއި، ވެރިކަމަށް އައީ ކޮން މަގުސަދެއްގައިކަން ވަރަށް ސާފުކޮށް ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ 20028 ގައި ރާއްޖޭގެ ރައްޔިތުންގެ ސާފު އަޣުލަބިއްޔަތުން އެމްޑީޕީއަށް ވޯޓު ދީފައިވަނީ  ޑިމޮކްރަސީއަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމުގައެވެ. އެމްޑީޕީއަކީ އަބަދުވެސް ހަމަހަމަކަމާއި، މިނިވަންކަމާއި، އިޤްތިޞާދީ ހަމަޖެހުމަށް ވަކާލާތު ކުރަމުންދިޔަ ބައެއްކަމަށެވެ. އަދި އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަމުންދިޔައީ ދީނީ ގޮތުން މެދުމިނުގެ ސިސާތުގައި ދެމިތިބުމަށް ކަމަށެވެ.

އެހެން ނަމަވސް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިސަރުކާރުގެ ކޯލިޝަންގެ އެންމެ ކުޑަ ޕާޓީކަމުގައިވާ އަދާލަތު ޕާޓީއަށް އެމަނިފާނުގެ ހުރިހާ ނިންމުނަތަކަށް ނުފޫޒު ފޯރުމުގެ ފުރުސަތުދީ އެމްޑީޕީގެ އަސާސްތައް މުގުރާލާފައިވާކަމަށެވެ. އަދި މިއަދު ފެނިގެންދަނީ ރާއްޖޭގެ ޑިމޮކްރަސީއަށް އެމްޑީޕީން ކުރި މަސައްކަތް މުގުރާލާފައިވާ މަންޒަރުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެން ނަމަވެސް ރާއްޖޭގައި މެޖޯރިޓީ ރައްޔިތުންނަކީ ތަރައްޤީއާއި ކުރިއެރުމަށް ލޯބިކުރާ ބައެއް ކަމަށާއ، އެމީހުން ބޭނުންވަނީ މިނިވަކްމާިއ ހަމަހަމަ ކަމާއި، ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށާއި، މިއުޒިކާއި، ސަގާފަތާއި، އިގުތިޞާދީ ކުރިއެރުމާއި، މެދުނިމުގެ ދީނީ ސިޔާސަތުކަމަށް ރައީސް ނަޝީދު ވިދާވިއެވެ. އަދި ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހިޔާރުކޮށް ވެރިކަމަށް ގެނައީވެސް މިސިޔާސަތުތައް ނަގަހައްޓައި ދެމެހެއްޓުމަށް ކަމުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވަނީ ސަރުކާރުން ހުށަހެޅި ނަފްރަތު ބިލަށް ސަރުކާރުން ތާއީދު ނުކޮށްފިނަމަ އެމަނިކުފާނު ތާއީދު މިސަރުކާރަށް ނޯންނާނެކަމަށް ސާފުކޮށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢާދިލު
ތީނަގެ އަސްލު ސޫރަމިފެންނަމުން މިދަނީ ތިބިލު ކިތަންމެ ފައިސާއެއް ޙަތަދުކޮށްގެން ފާސްކުރިޔަސް މިފަސްގަނޑުގައި އިސްލާމްދީނާ ޚިލާފަށް ބޭނުން އެއްޗެއް ކިޔާ ކީރިތި قران އާއަ މާތް ނަބިއްޔާ އަށް ފުރައްސާރަ ކޮށް ހެދީމާ އެމާހަކާ ދިމާލަށް އެއްޗެކޭ ނުބުނެ އެމީހާގެ ވާހަކަ ހުޒަހަޅަން މިޖެހެނީ މިކަމަށް ހިއްވަރުދޭ ބަޔަކަށް ދެންކޮން މައްސަލައެއް ބެލޭނީ މީ ދުރާލާ ވަރަށްބޮޑަށް ޕްލޭން ކުރެވިގެން ކޮށްގެން އުޅޭކަމެއް ބުނެލަންއޮތީ ތިކަމެއް ނުވާނޭ ލާދީނީ ބައިގަނޑު ވަރަށްސާފުކޮށް އެންމެންނަށް އެނގޭ މިގައުމުގަ މާތްވެާާގެންވާ އިސްްްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތެއް ނެތް
ނ ނާދިރާ
އެހެންތޯ. ޑިމޮކްރަސީއަކީ ކެނެރީގޭ ބަދިގޭގައި ކައްކާ އެއްޗެއްތޯ. ތިކަންކުރިން އެނގުނުނަމަ ތެލީގެ ފުލުގަ އިންނަ އެތިކޮޅުނަމަވެސް ލިބޭތޯ ބެލީމުސް
H Hum
Sarukaarun thi laadheeneebilah thaaeedheh nukuraane kaley udugajehifa bimugajehunas kaley moyavaneetha
އ އަހުމަދު
މީ އަމިއްލައަށް ވެރިކަން ކުރެވެނު މީހެއްނޫން އަދި އެހެން މީހަކު ވެރިކަން ކުރިޔަދޭ ވެސް މީހެއްނޫންް ެެެެެެެެެެެެެެެެެެެެެެެެެެެެެ