ނޫސްވެރިޔާ ދާނިޝް ސިއްދީގު މަރުވެފައި ވަނީ ތާލިބާނުންނާއި އަފްއާން ސިފައިން ބަދަލުކުރި ހަމަލާތައް ކަވަރު ކުރަމުން ދަނިކޮށް

ތާލިބާނުންނާއި އަފްއާން ސިފައިން ބަދަލު ކުރި ހަމަލާތަކެއްގައި ރޮއިޓާސްގެ ނޫސްވެރިޔަކު މަރުވެއްޖެ

ތާލިބާނުންނާއި އަފްއާން ސިފައިން ބަދަލު ކުރި ހަމަލާތަކެއްގައި ރޮއިޓާސްގެ ނޫސްވެރިޔަކު މަރުވެއްޖެ

ޕާކިސްތާން ބޯޑަރު ކައިރީގައި، އަފްއާނިސްތާން ސިފައިނާއި ތާލިބާނުންގެ ހަގުރާމަވެރިންނާ ދެމެދު ބަދުކުރެވެމުންދިޔަ ހަމަލާ ބަދަލު ކުރުންތައް ކަވަރު ކުރަމުން ދަނިކޮށ،ް ރޮއިޓާސްގެ މަޝްހޫރު ނޫސްވެރިޔާ ދާނިޝް ސިއްދީގު މަރުވެއްޖެ ކަމަށް އަފްއާނިސްތާންގެ ކޮމާންޑަރަކު ވިދާޅު ވެއްޖެއެވެ.

އަފްއާނިސްތާނުގެ އޮފިޝަލަކު ރޮއިޓާސް ނިއުސް އޭޖެންސީއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ސިއްދީގުއާއި އަދި އަފްއާނިސްތާންގެ ސީނިއަރ އޮފިސަރަކު މަރުވެފައިވަނީ، ތާލިބާނުން ވަރަށް ފަހުން ހިފާފައިވާ ޕާކިސްތާން ބޯޑަރު ކަރީގެ ޓައުނެއް ކަމުގައިވާ ސްޕިން ބޯލްޑެކްގެ މާރުކޭޓު ސަރަހައްދު ހިފުމަށް އަފްއާނިސްތާންގެ ސްޕެޝަލް ފޯސްއިން ކުރަމުން ދިޔަ ހަގުރާމާގައި ތާލިބާނުން ދެމުންދިޔަ ހަމަލާތަކުގެ ޝިކާރައަކަށް ވެގެންނެވެ.

ފާއިތުވެދިޔަ ހަފްތާގައި ސިއްދީގުވަނީ، އަފްއާނިސްތާން ދެކުނުގައި، ކަންދަހާރުގައި ތިބޭ އަފްއާން ސްޕެޝަން ފޯސްއާއެކު ހަރަކާތްތެރިވާ ނޫސްވެރިއެއްގެ ހައިސިއްޔަތުން، އެ ސަރަހައްދުގައި އަފްއާން ކޮމާންޑޯސްއާއި ތާލިބާން ހަގުރާމަ ވެރިންނާމެދު ބަދަލު ކުރެވެމުންދާ ހަލާތައް ރިޕޯޓު ކުރަން ފަށާފައެވެ.

"އަހަރެން މިދަނީ، ވަގުތުން ވަގުތަށް އިތުރު މައުލޫމާތު ހޯދަމުން، އަހަރެން މިދަނީ އެ ސަރަހައްދުގެ މުވައްސަސާތަކާ އެކީ މަސައްކަތް ކުރަމުން،" ރޮއިޓާސްގެ ރައީސް މައިކަލް ފްރައިޑެންބާގް އާއި ރޮއިޓާސްގެ އެޑިޓަރ އިން ޗީފް އަލެސްންޑްރާ ގަލޯނި، ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.

"ދާނިޝްއަކީ ވަރަށް ހުނަރުވެރި ނޫސްވެރިއެއް، އަދި އޭނާއަކީ އިޚްލާސްތެރި ފިރިއެއް އަދި ބައްޕައެއް، އަދި އަހަރެމެން އެންމެންވެސް ލޯބިވާ އަޚެއް. މި ދަތި އުދަގޫ ދަޑިވަޅު އަހަރެމެން އެންމެގެ ހެޔޮ ދުއާތައްވެސް ވަނީ އޭނާގެ އާއިލާއާއި އެކު."

ދެފާރާތުގެ ދެމެދުގައި ބަދަލު ކުރެވެމުންދިޔަ ހަމަލާ ބަދަލު ކުރުންތައް ރިޕޯޓު ކުރަމުންދަނިކޮށް، އަތަށް ވަތް ތޫނު އެއްޗެއްގެ ސަބަބުން އަނިޔާ ވެފައިވާ ކަމަށް ހުކުރު ދުވަހުގެ ހެނދުނު އޭނާވަނީ ރޮއިޓާސްގައި ބުނެފައެވެ.

ސްޕިން ބޯލްޑެކް ޓައުނުގައި ކުރެވެމުންދިޔަ ހަގުރާމާގައި ބަލިވެ، ތާލިބާންގެ ސަފުތައް ފަހަތައް ޖެހެމެން ދިޔައިރު، ސިއްދީގަށް ލިބުނު މި ޒަޚަމަށް ފަރުވާ ހޯދުމަށްފަހު ދިޔައީ ރަގަޅު ވަމުންނެވެ.

އަފްއާން ކޮމާންޑަރު މައުލޫމާތު ދީފައިވާ ގޮތުގައި ތާލިބާނުން އަލުން ހަމަލާތައް ދޭން ފެށިއިރު ސިއްދީގު ދިޔައީ ބައެއް ފިހާރަތަކުގެ ސޭޓުންނާ ވާހަކަ ދައްކަމުންނެވެ.

ސިއްދީގަކީ، 2018ވަނަ އަހަރު މަޝްހޫރު ޕުލިޓްޒާ އިނާމު، ރޮއިޓާސްގެ ފޮޓޯގްރަފީ ޓީމުން ހަސިލްކުރި އިރު، އެޓީމުގެ ބައިވެރިއެކެވެ. މި އިނާމު ރޮއިޓާސްގެ ފޮޓޯގްރަފީ ޓީމަށް ލިބިފައިވަނީ، މިޔަންމާރގެ ރޮހިންގޔާ ކާރިސާ ކަވަރު ކުރުމަށް އެޓީމުން ކޮށްފައިވާ މަސައްކަތްތައް ފާހަގަ ކޮށެވެ.

2010ވަނަ އަހަރުން ފެށިގެން، ފޮޓޯގްރަފަރއެއްގެ ގޮތުން، ސިއްދީގުވަނީ، އަފްއާނިސްތާން އަދި އިރާގުގައި ކުރިޔަށްދިޔަ ހަގުރާމަރައް ކަވަރު ކުރުމުގެ އިތުރުން، މިޔަންމާރގެ ރޮހިންގޔރާ ރެފިއުޖީ ކާރިސާއާއި ހޮންގ ކޮންގގައި ކުރިޔަށްދިޔަ މަޝްހޫރު ޑިމޮކްރަސީގެ މުޒާހިރާތަކާއި އަދި ނޭޕާލަށް އައި ބޮޑު ބިންހެލުންވެސް ކަވަރު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *