މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް ޖައުފަރު ފާއިޒް އަވަހާރަވެއްޖެއެވެ.
އައްޑޫ ސިޓީ މީދޫ ދެކުނުގެ، ޝައިޚް ޖައުފަރު ފާއިޒް އަވަހާރަވެފައިވަނީ އާލާސްކަންފުޅާއި، ގިނަ ދުވަހު އުޅުއްވުމަށްފަހު ރޭ ދަންވަރު އައިޖީއެމްޗްގައެވެ. ޖައުފަރު ފާއިޒަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާތާ މަހަކަށްވެރެއް ގިނަ ދުވަސް ވެފައިވެއެވެ.
ޝައިޚު ޖައުފަރަކީ ރާއްޖޭގައި އިސްލާމީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ގޮތުން ހެޔޮ ނަސޭހަތް ދެއްވައި، ދީނީ ޞައްޚަ މައުލޫމާތު އާންމު ރައްޔިތުންނަށް އޮޅުންފިލުވައި ދިނުމަށް ނުހަނު ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
ޚަބަރު އޮންލައިންގެ ފަރާތުންވެސް ޝައިޚު ޖައުފަރު ފާއިޒުގެ އާއިލާއަށް ކެތްތެރިކަން ދެއްވައި، ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށް ދެއްވުން އެދި ދުޢާކުރަމެވެ.
ކޮމެންޓު ފޮނުވާ