އައްޑޫސިޓީގައި ސްނޯކްލިން އަށް ދިޔަ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

އައްޑޫސިޓީގައި ސްނޯކްލިން އަށް ދިޔަ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

Author
ހުސެއިން
08 ޖުލައި 2021 05:49
0

އައްޑޫސިޓީގައި ސްނޯކްލިން އަށް ދިޔަ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެއެވެ.

އެމްއެންޑީއެފުން ދާދި ދެންމެއަކު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އީކުއޭޓަރ ވިލެޖްގެ އިރު އުތުރުން ފިރިހެން ފަތުރުވެރިއެއްގެ ހަށިގަޑު ފެނިގެން އެމެއެންޑިއެފް ސަދަން އޭރިއާ ކޯސްޓ ގާރޑް ޑައިވަރުން އެމީހާ ނަގައިގެން ސ. ފޭދޫއަށް 16:36 ހާއިރު ގެންގޮސްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ އީކުއޭޓަރ ވިލެޖްގެ ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރި އެކެވެ. އަދި ފަތުރުވެރިޔާ ނެގުމަށް މިސަރަހައްދަށް ފޭބު އެމްއެންޑީއެފްގެ ޑައިވަރަކަށްވެސް އަނިޔާވެގެން މަރަދޫ ސިއްޙީ މަރުކަޒުގައި ފަރިވާ ހޯދާފައިވާ ކަމަށްވެސް މައުލުމާތު ލިބިފައި ވެއެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގެ މައުލުމާތު ލިބިފައިވަނީ 15:30 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.