އައްޑޫސިޓީ ހިތަދޫ މެދު ސަރަޙައްދުގެ ނަރުދަމާ ނިންމާ ޚިދުމަތްދޭން ފަށައިފި

އައްޑޫސިޓީ ހިތަދޫ މެދު ސަރަޙައްދުގެ ނަރުދަމާ ނިންމާ ޚިދުމަތްދޭން ފަށައިފި

Author
މުޙައްމަދު ޖިމީ
24 އޮކްޓޯބަރ 2020 04:42
0

އައްޑޫ ސިޓީ ހިތަދޫ މެދުސަރަހައްދުގެ ނަރުދަމާ ނިޒާމް ޤާއިމްކޮށް ނިންމާ ގެތަކަށް ޚިދުމަތްދޭން ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ އައްޑޫސިޓީ ހިތަދޫ މެދު ސަރަޙައްދުގެ ނަރުދަމާ ނިޒާމުގެ މަސައްކަތްނިމި 10 އަހަރުގެ އިންތިޒާރަކަށްފަހު އެސަރަޙައްދުގެ ގެތަކަށް މިހާރު ފަށާފައިވާކަމަށެވެ. އެއީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްކަމަށްވެސް އަޙްމަދު ސަޢީދު ވިދާޅުވިއެވެ.

"އެސަރަޙައްދުގެ ރައްޔިތުންގެ ކެތްތެރިކަމާއި ދެއްވި އެއްބާރުލުމަށް ޝުކުރުވެރިވަން."

-ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވިއެވެ.

ހިތަދޫ މެދު ސަރަހައްދުގެ ގެތަކަށް ނަރުދަމާގެ ޚިދުމަތް ދޭންފަށާފައިވާއިރު، މީގެކުރިން ހިތަދޫގެ އުތުރު އަދި ހިތަދޫ ދެކުނުގެ ނަރުދަމާގެ މަސައްކަތް ވަނީ ނިންމާފައެވެ. އައްޑޫގައި ނަރުދަމާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް މީގެ 10 އަހަރު ކުރިން ފަށާފައިވާއިރު އެކި ވެރިކަމުގައި އެކި މިންވަރަށް މަޝްރޫޢު ކުރިއަށް ގެންދިޔަނަމެވސް މަޝްރޫޢު އެއްކޮށް ނިންމާލާފައި ނުވާތީ އައްޑޫގެ ރައްޔިތުންގެ ކަންބޮޑުވުން ބޮޑުވެ ޝަކުވާތައް ވަނީ ގިނަވެފައެވެ. ނަމަވެސް މިސަރުކާރުގައި ނަރުދަމާ ނިޒާމު އެއްކޮށް ނިންމާ ޚިދުމަތްދޭން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.