އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން ކުރި ޓްވީޓްގެ މައްސަލައިގައި ހައްޔަރުކުރި މީހާ އެމްޑީޕީން ވަކި ކުރަނީ

އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން ކުރި ޓްވީޓްގެ މައްސަލައިގައި ހައްޔަރުކުރި މީހާ އެމްޑީޕީން ވަކި ކުރަނީ

Author
ޢަލީ އާދަމް
04 ޖުލައި 2021 09:57
0

އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން އިންޒާރުދީ ޓްވީޓްކޮށްފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ މުޙައްމަދު އިނާދު އެމްޑީޕީގެ މެމްބަރުކަމުން ވަކިކުރުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންޒާރުގެ މި ޓްވީޓުގެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 42 އަހަރުގެ ދިވެހި ފިރިހެނެއް ރޭ ހައްޔަރުކޮށްފައި ވާކަމަށެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން ތަހުގީގު ކުރަމުން ދާކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓްކުރި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން މިރޭ ބުނީ ޓެރަރިޒަމް ފަދަ ބޮޑެތި ކުށްތަކަކީ އެ ޕާޓީން އެއްވެސް މިންވަރަކަށް ބަލައިގަންނާނެ ޖަރީމާއެއް ނޫން ކަމަށާއި، މިފަދަ ނުރައްކާތެރި ކަންކަން ކުރާނެ ކަމުގެ އިންޒާރުދީ، މީހުންނަށާއި މުދަލަށް ގެއްލުން ދިނުމަށް ގޮވާލާ މިފަދަ ކުށްތަކަށް ތަރުހީބު ދިނުމަކީ ޖިނާއީ ކުށެއްކަމުން، މިފަދަ ކުށްތަކަށް އަރައިގަންނަން އިންޒާރުދީ، އަދި ހިއްވަރުދޭ ފަރާތްތަކާއިމެދު އަވަސް އަދި ފުރިހަމަ ތަޙްޤީޤެއް ހިންގާ، ކުށްވެރީންނަށް ހައްޤު އަދަބު ދިނުމަަށް މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.

އަދި އިންޒާރުގެ ޓްވިޓްގެ މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވާ މުޙައްމަދު އިނާދުގެ މައްޗަށް ފުލުހުން ހިންގާ ތަޙުޤީޤަށް ބަލާ މުޙައްމަދު އިނާދު އެމްޑީޕީގެ މެމްބަރުކަމުން ވަކިކުރުމަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައި ވާކަމަށްވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.

އިނާދަކީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތަިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި މައްޗަންގޮޅި ދެކުނު ދާއިރާއިން ވާދަކުރުމަށް ކުރިމަތިލި ފަރާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

b birubodu
އެމްޑީޕީ ފިކުރުމީހުންނަކީ ފެށުނީއްސުރެން އެކިއެކި ބަޣާވަތްކޮށް އަލިފާން ބޯޅައުކާ ނުބައިއަމލުތަކަށް ހިތްވަރުދީ ހުޅުޖެހުމަށް ހިތްވަރުދޭބައެއް ވަރަށްސާފް
ހ ހުދުހުދު
އިންޑިޔާއިން އަހަރެމެންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަ މަސްއަލަވެސް ސީރިއަސްކޮށް ބައްލަވައިދެއްވާ..އެކަން ސާބިތުކޮށް ދޭނަން.
އ އިބްރާހީމް
އެހެންވެތޯ ފުލުހުންނާ ތަޅާނެ ކުދިން ހޯދަން ގޮވާ، ސަރުކާރު ޢިމާރާތްތަކުގައި ހުޅުޖަހައި މޑޕ ނޫން މީހުން ދަންޖައްސަން ގޮވާ މާލެ ބިރުވެރި ތަނަކަށް ހަދައިގެން އުޅުނީ.