ގދ.ގައްދޫ މަގުހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ފަށައިފިއެވެ.
އާރްޑީސީން ވިދާޅުވީ ގައްދޫގެ މަގު ހެދުމުގެ މަސައްކަތް ފަށައި އެރަށުގެ "ޝައިރއުުލް އަމީން" މަގުން ފެށިގެން މިއަދު އަމަލީ މަސައްކަތް ފަށާފައިވާކަމަށެވެ.
GDh. Gadhdhoo magu hedhumuge amalee masakkaiy miadhu Shariul Ameen magun feshigen baarah kuriyah dhanee.#TeamRDC pic.twitter.com/HFHETRXvCC
— Road Development Corporation Ltd (@rdc_mv) October 22, 2020
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި ގައްދޫގެ ރިންގްރޯޑް ހިމެނޭގޮތަށް 6 މަގެއް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގދ.ގައްދޫގައި ހެދުމަށް ހަމަޖެހިފައިވަނީ 6 ކިލޯމީޓަރުގެ މަގެވެ.
ދަޢުލަތުގެ ބަޖެޓުން -/29،685،936ރ (ނަވާވީސް މިލިޔަން ހަސަތޭކަ އަށްޑިހަ ފަސް ހާސް ނުވަސަތޭކަ ތިރީސް ހަ ރުފިޔާ) ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް 510 ދުވަހުގެ ތެރޭ ނިންމަން ޖެހެއެވެ.
ބިމުގެ ބޮޑު މިނުގައި 25.2 ހެކްޓަރު ހުންނަ މިރަށުގެ އާބާދީއަކީ 3049 އެވެ. ގައްދޫގައި އާމްދަނީ ހޯދުމަށް އާއްމުގޮތެއްގައި ކޮށް އުޅޭ މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. ގައްދޫއަކީ ކުނާ ވިޔުމުގެ މަސައްކަތަށް މުޅި ރާއްޖެއިންވެސް އެންމެ މަޝްހޫރު ރަށެވެ. 1962 އިން 1968 އާ ހަމައަށް ގދ. އަތޮޅުގެ އަތޮޅުވެރިކަން ކޮށްފައިވަނީ ގައްދޫގައެވެ.
ކޮމެންޓު ފޮނުވާ