ރާއްޖެއިން ކޯވިޑް-19އަށް އިތުރު 253 މީހުން ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރުއަލަށް ޕޮޒިޓިވްވި 253 މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 35 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 164 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 03 މީހުންނާއި ތަރައްޤީކުރާ ރަށްރަށުން ޕޮޒިޓިވް ވީ 43 މީހުނާއި އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށްރަށުން ޕޮޒިޓިވްވީ 08 މީހެކެވެ.
އަލަށް މި ބައްޔަށް ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ޖުމްލަ 72،149މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.
އެކްޓިވް ކޭސްތަކުގެ ޢަދަދު މިހާރު ވަނީ 4784 އަށް ދަށްވެފަ އެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 44 މީހަކަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 770 މީހެކެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 67،149 އަށް އިތުރުވެފައެވެ. މި ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5،296 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.
ރާއްޖޭގައި ކޯވިޑް ބަލީގަ މިހާތަނަށް ނިޔާވި މީހުންގެ އަދަދަކީ 206 އެވެ. މީގެތެރޭގައި ހިމެނެނީ 188 ދިވެހިންނާ 18 ބިދޭސީންނެވެ.
One Response
މީހުންޕޮޒިޓިއުވަނީ ސާންޕަލްނެގިގެންދޯ