ނަފްރަތު ބިލާއިމެދު އެތައްބައެއްގެ ކަންބޮޑުވުން، ރައީސް މައުމޫން ހަމަހިމޭނުން!

ނަފްރަތު ބިލާއިމެދު އެތައްބައެއްގެ ކަންބޮޑުވުން، ރައީސް މައުމޫން ހަމަހިމޭނުން!

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށައަޅައްވާފައިވާ ބިލާއި ދެކޮޅަށް ރާއްޖޭގެ ގިނަ ރައްޔިތުން އަޑު އުފުލަމުންދާއިރު، ކުރީގެ ރައީސް އަދި ދީނީ ޢިލްމުވެރިޔާ އަލްއުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް އެއްވެސް އެއްޗެއް ވިދާޅުނުވެ ހަމަހިމޭން ވެއްޖެއެވެ.

ރައީސް މައުމޫނަކީ ދީނީ ގޮތުން މިފަދަ ޚިޔާލާތު ތަފާތުވުން އުފެދޭ ކޮންމެ ފަހަރަކު އެކަމާއި ވާހަކަ ދައްކަވައި، ޚިޔާލު ފާޅު ކުރައްވާ، އެކަމުގެ ރަނގަޅުގޮތް ރައްޔިތުންނާއި ހަމައަށް ސާފުކޮށްދެއްވާ ބޭފުޅެކެވެ. އަދި މިފަދަ ކަންކަމުގައި އަމަލުކުރާނެ ގޮތްތަކާއި، އަމަލު ކުރުން އެންމެ ރަނގަޅު ގޮތްވެސް އެމަނިކުފާނު ސާފުކޮށް ދެއްވައެވެ. ނަމަވެސް "ނަފްރަތު" ބިލް މަޖިލީހަށް ހުށަހަޅުމާއި ގުޅިގެން ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންނާއި، ކައުންސިލްތަކުންނާއި، ވެރިކަން ކުރާ ކޯލިޝަންގެ ބައިވެރިންވެސް ކަންބޮޑުވުން ފާޅު ކުރައްވާއިރު ރައީސް މައުމޫން ހުންނެވީ ހަމަހިމޭނުންނެވެ.

ވެރިކަން ކުރާ ކޯލިޝަންގައިހިމެނޭ އެމްއާރުއެމްގެ ރައީސްގެ މަޤާމުވެސް ފުރުއްވާ ރައީސް މައުމޫން މިމައްސަލާގައި ހަމަހިމޭން ވުމުން، ސޯޝަލް މިޑިޔާގައި ގިނަ ބަޔަކު ދަނީ ރައީސް މައުމޫން މިކަމުގައި ދެކެވަޑައި ގަންނަވާ ގޮތެއް ސާފުކޮށް ދެއްވުމަށް އެދެމުންނެވެ. ކޯލިޝަންގެ ޕާޓީތަކުގެ ތެރެއިން މިކަމާއި އެންމެބޮޑަށް ދެކޮޅު ހަދަމުންދާ އެއްޕާޓީއަކީ އަދާލަތު ޕާޓީއެވެ. އެޕާޓީން ވަނީ މިބިލަށް ތާއީދު ނުކުރާކަމަށާއި، އަދި ބިލް ހުށަހަޅާފައިވަނީވެސް އެއްވެސް މަޝްވަރާއެއްނެތި ކަމަށް ބުނެފައެވެ.

މިބިލާއިގުޅިގެން ޤައުމުގައި ދީނީ ޚިޔާލާތު ތަފާތުންތަކެއް އުފެދި، އެއްބަޔަކު މިބިލާއި ދެކޮޅަށް ޕެޓިޝަނެއް ހަދާފައިވާއިރު، އަނެއްބަޔަކު ދަނީ ލާދީނީ ކިޔުމާއި ދެކޮޅަށް ޕެޓިޝަނެއް ހަދަމުންނެވެ. މިމައްސަލާގައި އާންމުންގެ ބޮޑެތި ކަންބޮޑުވުން ހުރިއިރު، މިހާތަނަށް މިކަމުގައި ސަރުކާރުގެ ރަސްމީ ބަހެއް އަދި ހާމަކޮށްފައިނުވި ނަމަވެސް، އަދާލަތު ޕާޓީގެ އިސްބޭފުޅުންނާއި، ބިލުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލު ވުމެއްގައި ވިދާޅުވެފައިވަނީ، އާންމު ރައްޔިތުންނައި ދިނީ އިލްމވެރިންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އެޑްރެސް ކުރައްވާނެ ކަމަށެވެ.

ނަފްރަތުގެ ބިލާ ގުޅޭގޮތުން ފާހަގަވާން އޮތް އެންމެ މުހިންމެ އަނެއް ކަމަކީ، މި ބިލާއި ދެކޮޅު ހަދަމުންދަނީ އިސދިކޮޅު ސިޔާސީ ފަރާތަތްކުން އެކަނި ނޫންކަމެވެ. ދީނީ އިލްމުވެރިންނާއި، ރަށްރަށުގެ ކައުންސިލްތަކުންނާއި، ސަރުކާރު ހިންގާ ކޯލިޝަންގެ ކޯލިޝަން ޕާޓުނަރުންނާއި، އަދި މީގެއިތުރުން، ސިޔާސީ ދާއިރާގައި ހަރަކާތްތެރި ނުވާ އެތައްބަޔަކުވެސް، މިބިލާއި ދެކޮޅަށް ދަނީ ޝޫއޫރު ފާޅުކަމުންނެވެ.

ހަމައެއާއިއެކު، ޚުދު އެމްޑީޕީގެ ތެރެއިންވެސް ބައެއް މެމްބަރުން ބިލާ ދެކޮޅުކަން އަމަލީގޮތުން ސާބިތުކޮށް ދެއްވާފައިވާކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ. މިގޮތުން މި ބިލް މަޖިލީހަށް ބަލައިގަތުމަށް ނެގުނު ވޯޓުގައި، މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ 4 މެމްބަރުން ބިލް މަޖިލީހަށް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދީފައި ވެއެވެ.

މިގޮތުން ބިލް ބަލައިގަތުމަށް އެމްޑީޕީން 38 މެންބަރުން ވޯޓް ދެއްވި އިރު ބިލާ ދެކޮޅަށް ވޯޓު ދެއްވި 17 މެންބަރުންގެ ތެރޭގައި ހިމެނިގެންދިޔަ 4 މެމްބަރުންނަކީ ދެކުނުގެ ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ އެ ސިޓީގެ ތިން މެންބަރުން، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އާއި، ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒެވެ. އެ ތިން މެމްބަރުންގެ އިތުރުން “ހިސާންގެ ބިލު” ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވި އެމްޑީޕީގެ އަނެއް މެންބަރަކީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފެވެ.

ރައީސް މައުމޫނަކީ ދިނީ ވަރަށް ގިނަ ކަންކަމުގައި ރަގަޅު ގޮތް ހާމަ ކޮށްދެއްވާ ދީނީ ޢިލްމުވެރިއެއް

މީގެ އިތުރުންވެސް، މިހާލަތުގައި، ބަސްބުނަން ފަސްޖެހިފައި ތިބި ނަމަވެސް، މިބިލާ ދެކޮޅު އެތަކެއް މެމްބަރުންނެއް ޚުދު އެމްޑީޕީގެ ޕީޖީ ގުރޫޕުގައި އަދިވެސް ތިބިކަން މިއީ ފާހަގަ ކޮށްލަންޖެހޭ ކަމެކެވެ.

އަދި މީގެއިތުރުން، މި ބިލާއި ފާލުގައި ދެކޮޅު ހަދަމުންދާ ކައުންސިލްތަކުން މިމައްސާލާގައި ގަރާރުތައް ނެރެ، އެމްޑީޕީ ފިޔަވާ ރާއްޖޭގެ ސިާސީ މަސްރަހުގައި ހަރަކާތްތެރިވާ އެހެނިހެން ހުރިހާ ސިޔާސީ ޕާޓީއަކުން ކަހަލަގޮތަކަށް، މިބިލާއި ދެކޮޅުކަން ހާމަކޮށްފައިވާއިރު، މިބިލަކީ ދިވެހި ރައްޔިތުންގެ ތާއީދެއް ބިލް މިހާރު އޮތްގޮތަށް ފަރުމާ ކޮށްފަ އޮވެގެން ނުކިބޭލެ ބިލެއްކަން މިއީ ނުހަނު ސާފުކޮށް އެގި ކަށަވަރު ވެގެންދާ ކަމެކެވެ.

އެހެންނަމަވެސް، ދީނީގޮތުން މިހާ ހައްސާސް މައްސަލައެއްގައި، ދީނީ ގިނަ ކަންކަމުގައި ރަގަޅުގޮތް ހާމަކޮށްދެއްވަމުންދަވާ، އެމްއާރުއެމެވެސް ރައީސް، ރައީސް މައުމޫން މިހާތަނަށް ހަނު ހުންނވާ ސަބަބު ސާފުކުރުމުގެ ޝައުގުވެރިކަން، ސޯޝަލް މީޑިޔާއިން ފެންނަކަންބޮޑު ވުންތަކަށް ބަލައިރު، ހުރިކަން ވަރަށް ބޮޑަށް ފާހަގަ ކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *