އީރާނުގެ ރިޔާސީ އިންތިޚާބު އިބުރާހިމް ރައިސީ ކާމިޔާބު ކުރައްވައިފި

އީރާނުގެ ރިޔާސީ އިންތިޚާބު އިބުރާހިމް ރައިސީ ކާމިޔާބު ކުރައްވައިފި

އީރާނުގެ ރިޔާސީ އިންތިޚާބު އިބުރާހިމް ރައިސީ ކާމިޔާބު ކުރައްވައިފިއެވެ.

އިރާނުގެ އިންޓީރިއަޔ މިނިސްޓްރީން އިއުލާން ކޮށްފައިވާގޮތުގައި، މިއަދު ބޭއްވުނު ވޯލުމުގައި ވޯޓު ލީމީހުންގެ %90 ވޯޓު ގުނާ ނިމުނުއިރު، ތަފާތު ބޮޑުކޮށް ރައިސީ ވަނީ ކުރި ހޯއްދަވާފައެވެ.

ރައީއަކީ، ކޮންޒަވޭޓިވް ވިސްނުމުގެ، ހަރުކަށި ސިޔާސަތުތަކަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އޭނާ މިހާތަނާ ހަމައަށް ހުންނެވީ އިރާނުގެ ޝަރުޢީ ދާއިރާގެ އެންމެ އިސްބޭފުޅާގެ މަގާމުގައެވެ.

އިރާނުގެ ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ ޝަރުތު ފުރިހަމަވާކަމަށް ގާޑިއަން ކައުންސިލުން ނިންމާފައިވަނީ 7 މީހުންނަށެވެ. ގާޑިއަން ކައުންސިލަކީ، އިރާނުގެ ސުޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނައިގެ ބެއްލެވުމުގެ ދަށުގައި އޮންނަ ކައުންސިލެކެވެ. އިރާނުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކަކީ އެގައުމުގެ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ޝަރުތުތައް ފުރިހަމަ ވޭތޯ ބަލަނީ 12 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ މި ކައުންސިލުންނެވެ.

ގާޑިއަން ކައުންސިލުން ފެހި ސިގްނަލް ދިން ފަރާތްތަކަކީ، މިހާރުގެ ޖުޑިޝަރީގެ އެންމެ އިސްފަރާތް ކަމުގައިވާ އިބްރާހިމް ރައިސީ އާއި، އެކްޕެޑެންސީ ކައުންސިލްގެ ސެކެޓްރީ މުހުސިން ރެޒާއީއާއި، ކުރީގެ ނިއުކުލިއަރ ނެގޯޝިއޭޓަރ ސައީދު ޖަލީލީއާއި، ގާނޫނުހަދާ މަޖިލީހުގެ ނާއިބު ރައީސް އާމިރު ހުސެއިން ޢަޒީޒާދޭ ހާޝިމީއާއި، ކުރީގެ ނާއިބުރައީސް މުހުސިން މެހްރަލިޒާދޭއާއި، ސެންޓްރަލް ބޭންކުގެ ގަވަރުނަރު އަބުދުއްނާސިރު ހަންމަޓީއާއި، އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމުގައިވާ އަލީރިޒާ ޒަކަނީ އެވެ.

އިރާންގެ ރައީސްކަމުގެ މަގާމަށް ކުރިމަތީ މީހުންގެ ތެރެއިން ކައުންސިލުން ޝަރުތު ފުރިހަމަ ނުވާކަމަށް ނިންމާފައުވާ 585 މީހުންގެ ތެރޭގައި، އެގައުމުގެ ސުޕްރީމް ލީޑަރުގެ އެޑްވައިޒަރ އަދި އަދި ކުރީގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް އަލީ ލަރިޖާނީ ހިމެނެއެވެ. އޭނާއަކީ ވަރަށް ބޮޑަށް ކޮންޒަވޭޓިވް ވިސްނުމަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އަދި މީގެ ތެރޭގައި އިރާނުގެ މިހާރުގެ އެއް ނާއިބުރައީސް، އަދި އިސްލާހީ ވިސްނުމުގެ ބޭފުޅޭއް ކަމުގައިވާ އިސްހާގު ޖަހަންގިރިވެސް ހިމެނެއެވެ.

މީގެއިތުރުން، ގިނަބަޔަކު ހީކޮށްފައިވާ ގޮތަށް، އިރާނުގެ ރައީސްކަން ދެ ދައުރު ކޮށްފައިވާ، ކުރީގެ ރައީސް އަހުމަދުނިޖާދުވެސް ޝަރުތު ފުރިހަމަ ނުވާކަމަށް ކައުންސިލުންވަނީ ނިންމާފައެވެ. އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލައްވަމުން އޭނާ ކުރިން ވިދާޅުވެފައިވަނީ، ވާދަކުރުމުގެ ފުރުސަތު އޭނާއަށް ނުދީފިނަމަ އިންތިޚާބު ބޮއިކޮޓް ކުރާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބޭ މީހުންގެ ލިސްޓު އާންމު ވުމާއެކު، އެގައުމުގެ ޖުޑިޝަރީގެ އެންމެ އިސްފަރާތް ކަމުގައިވާ، އަދި ކޮންޒަވޭޓިވް ވިސްނުމުގެ ބޭއްފުޅޭއް ކަމުގައިވާ، ރައިސީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާންކަމަށް މީގެން ކުރިންވެސް ވަނީ ޔަގީން ކުރެވިފައެވެ. އަދި ރައިސީއަށް ކިރިޔާވެސް ގޮންޖެހުމެއް ކުރިމަތި ކުރެވިދާނެ ކެނޑިޑޭޓެއްގެ ގޮތުގައި ބެލެވުނީ ސުޕްރީމް ލީޑަރުގެ އެޑްވައިޒަރ އަދި އަދި ކުރީގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް އަލީ ލަރިޖާނީ އާއި، އެއް ނާއިބުރައީސް، އަދި އިސްލާހީ ވިސްނުމުގެ ބޭފުޅޭއް ކަމުގައިވާ އިސްހާގު ޖަހަންގިރިއެވެ. މި ދެބޭފުޅުންނަކީވެސް ކުރިމަތި ލުމުގެ ޝަރުތު ފުރިހަމަ ނުވާ ބޭފުޅުންގެ ގޮތުގައި ކަނޑައަޅާފައިވާ ބޭފުޅުންނެވެ.

މިއިންތިޚާބުގައި ވޯޓުލާނެކަމަށް ކުރިން އަންދާޒާ ކުރެވެމުންދަނީ މަދު އަދަދެއްގެ ބައެކެވެ.

އިންތިޚާބަށް އެންމެ ފުރަތަމަ ކުރިމަތީ ލީމީހުންގެ ތެރެއިން ގިނަ އަދަދެއްގެ ކެނޑިޑޭޓުންތަކެއް ފަހުން ވަނީ، ރައިސީ އަށް ތާއީދު ކުރުމުގެ ގޮތުން ނަން އަބުރާ ގެންގޮސްފައެވެ.

އިންތިޚާބުގެ ކުރިން ރައިސީ އާންމު ކޮށްފައިވާ ކުރު ވީޑިއޯއެއްގައި އޭނާ ވިދާޅުވެފައިވަނީ، ހަރުކަށި ފިކުރަށް ތާއީދުކުރާ ނިއުން ވެބްސައިޓެއްކަމުގައިވާ “ފާރސް”އިން ލީކު ކޮށްލާފައިވާ ލިސްޓުގެ މައުލޫމާތު އޭނާއަށް ލިބިފައިވާ ކަމަށާއި، އަދި އިންތިޚާބަކީ ވާދަވެރި އިންތިޚާބަކަށް ހެދުމަށްޓަކާ، އޭނާ ގެންދެވީ ސަރުކާރުގެ އިސް އޮފިޝަލުންނަށް، އިސްލާހަށް ތާޢީދު ކުރާ ފަރާތްތަކަށް އިންތިޚާބުގައި ވާދަކުމުގެ ފުރުސަތު ދިނުމަށް ލޮބީ ކުރަމުން ކަމުގައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ދައުރު ފުރިހަމަކޮށް ވަޑައިގަންނަވާ، މެދުމިނަށް ތާއީދުކުރާ، މިހާރުގެ ރައީސް ހަސަން ރޫހާނީވެސްވަނީ، އެންމެންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ލިއްބައިދިނުމުގެ ގޮތުން، އިސްލާހަށް ތާއީދުކުރާ ފަރާތްތަކަށް މި އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެދި ސުޕްރީލް ލީޑަރަށް ސިޓީފުޅެއް ފޮނުއްވާފައެވެ.

އެހެންނަމަވެސް، އިރާނުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގިނަބަޔަކަށް ފަހި ކޮށްދީފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *