މިއަދުގެ މިހާތަނަށް ކޯވިޑަށް ފަރުވާދެމުންދިޔަ މީހުންގެ ތެރެއިން ދެމީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ރޭ ދަންވަރު 12ގެ ފަހުން ދެ މީހަކު ނިޔާވެފައިވާކަމަށެވެ. މިދެމީހުންނަކީވެސް ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދެމީހެއްކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ރޭ ދަންވަރު ނިޔާވި ފުރަތަމަ މީހަކީ އުމުރުން 55 އަަހަރުގެ އިންޑިޔާ އަށް ނިސްބަތްވާ ފިރިހެނެކެވެ. މިމީހަ ނިޔާވެފައިވަނީ ރޭ ދަންވަރު 1:30 ގައެވެ. މިއީ ރާއްޖެއިން ކޯވިޑްގައި ނިޔާވި 204 މީހާއެވެ. މީގެ އިތުރުން ރޭ ފަތިހު 5:15 ގައިވެސް ވަނީ މީހަކު ނިޔާވެފައެވެ. މިއީ 41 އަހަރުގެ ދިވެހި ފިރިހިނެކެވެ. މިމީހާއަކީ ރާއްޖެއިން ކޯވިޑްގައި ނިޔާވި 205 ވަނަ މީހާއެވެ.
ރާއްޖެއިން ކޯވިޑްގައި ނިޔާވެފައިވާ މީހުންނަށް ބަލާއިރު އެންމެ ގިނަ މީހުން މިހާތަނަށް ނިޔާވެފައިވަނީ ހުޅުވާލޭ ފެސިލިޓީގައެވެ. ހުޅުމާލޭ ފެސިލިޓީގައި އެކަށިގެންވާ ފުރުވާ ނުލިބޭކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުންވުންވެސް ފާޅުކޮށްފައިވެއެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ އެފެސިލިޓީގައި އެއްވެސް ދައްޗެއް ނެތްކަމަށެވެ.
ކޮމެންޓު ފޮނުވާ