ކޯވިޑަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

ކޯވިޑަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

ކޯވިޑް-19 ޖެހިގެން ރާއްޖޭގައި ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ނިިޔާވެފައި ވަނީ ޑީއެޗް11ގައި ފަރުވާދެމުން ގެންދިޔަ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހާ ނިޔާވެފައި މި ވަނީ މި ބަލީގައި ރާއްޖޭގައި މީހަކު ނިޔާނުވާތާ 24 ގަޑީރު ފަހުންނެވެ.  މި ބަލީގައި އެންމެ ފަހުން މީހަކު ނިޔާވީ 15 ވަނަ ދުވަހުގެ ރޭ 9:23 ހާއިރު އެވެ. އެއީ ލ.އަތޮޅު ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 201އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 184 ދިވެހިންނާއި 17 ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވެފައިވާއިރު މިއީ ދުނިޔޭގައި އަލަށް ފެތުރެން ފަށާފައިވާ ކޯވިޑް ވޭރިއަންޓްގެ ސަބަބުން ދިމާވާކަމެއްކަމަށް އޮތީ ބެލެވިފައެވެ. މިއާއެކު އެންމެ ފަހުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ހެދި ސީކުއެންސް ސާމްޕްލިންގައި ރާއްޖެއިން ފޮނުވި 30 ސާމްޕަލްގެތެރޭގައި 6 ވައްތަރެއްގެ ކޯވިޑް ވޭރިއެންޓު އުޅޭކަން ވަނީ ހާމަވެފައެވެ. މީގެތެރޭގައި އެންމެ ބާރަށް މިހާރު ފެތުރެމުން އަންނަ އިންޑިއާގެ ޑެލްޓަރ ވޭރިއެންޓް އާއި ޔޫކޭގެ އަލްފާ ވޭރިއެންޓްވެސް ވަނީ ފެނިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *