ދުވާފަރު ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

ދުވާފަރު ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

Author
ޢަލީ އާދަމް
17 ޖޫން 2021 03:16
0

ރ. ދުވާފަރު ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީ އާއި ހާވާލުކޮށްފައި ވަނީ ރ. ދުވާފަރު ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢެވެ. މިމަސައްކަތުގެ ތެރެއިން އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް 14 ޖޫން 2021 ވަނަ ދުވަހު ނިންމާލާފައި ވާއިރު މިހާރު ކުރިއަށްދަނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކަމަށް އެކުންފުނިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް  އެކުންފުނިން ކުރާނެ އެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 143.11 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.