ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން މޫދަށް އެރި އުޅެވޭނެ ގޮތް ހަމަޖެއްސުމަށް އަރޓިފިޝަލް ބީޗްގައި ހެދި ރޭމްޕްގެ މަސައްކަތް ނިންމާ ބޭނުންކުރަން ހުޅުވާލައިފިއެވެ. މިއީ އެމްޓީސީސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.
އެމްޓީސީސީން ބުނެފައިވަނީ މި ރޭމްޕަކީ މުޖުތަމައުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަމާޒުކުރެވިގެން ހެދިގޮނޑުދޮށުގައި ހެދި ރޭމްޕެކެވެ. މި މަސައްކަތް ނިންމާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
ކުޑަ،ނަމަވެސް ބޮޑު އަދި ބޭނުންތެރި ކަމެއް.
މުހިއްމުކަމެއް ނުދީ އަޅާނުލެވިވަނިކޮށް އަރޓިފިޝަލް ބީޗްގައި ރޭމްޕެއް ގާއިމް ކުރުމުގެ މަސައްކަތް ނިމުމަކާގާތަށް ގެންދެވުމަކީ، އަޅުގަނޑާއި އާދަމް އާޒިމް އަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭކަމެއް.
އެމްޓީޓީސީސީ ގެ ޓީމަށް ޝުކުރު.?? pic.twitter.com/QyK1D5REGs
— Ahmed Mahloof (@AhmedMahloof) June 16, 2021
ނުކުޅެފުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން މޫދަށް ފޭބޭނެހެން އަރޓިފިޝަލް ބީޗްގައި ހެދި ރޭމްޕްގެ މަސައްކަތަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން، އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. މި މަސައްކަތް ފެށީ މިއަހަރުގެ މަރޗްމަހު ފަހުކޮޅުއެވެ. މި މަސައްކަތް މިމަހުގެ 13 ވަނަ ދުވަހު ވަނީ މުޅިން ނިންމާފައެވެ. ރޭމްޕްގެ އިތުރުން ހެދުން ޝޭޑިންގ ހަޓަކާ، ގޮނޑީތަ ތިބޭމީހުން ކޯޅަށް ތެދުވެލަން ފަސޭހަކުރުމަށް ޗޭންޖިންގ ހޮއިސްޓެއްވަނީ ހަދާފައެވެ.
އަލަށް މި ހެދި ރޭމްޕާއެކު މުޅި އަރޓިފިޝަލް ބީޗަކީވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންކުރެވޭ ތަނަކަށް މިވަނީ ވެފައެވެ. އަރޓިފިޝަލް ބީޗްގެ ފަރުމާގައިވެސް ރޭމްޕްތައް ހިމަނާފައިވެއެވެ.
ކޮމެންޓު ފޮނުވާ