ކޯވިޑް19އަށް ޕޮޒިޓިވްވި އިތުރު މީހަކު ނިޔާވެއްޖެއެވެ.
އެހްޕީއޭއިން ހާމަ ކޮށްފައިވާ ގޮތުގައި، ރޭގެ އިރާކޮޅު 9:23 ގައި ލާމު އޮތޮޅު ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވި މީހާއަކީ އުމުރުން 59 އަހަރުގެ އަންހެނެކެވެ.
މިއީ ރާއްޖޭއިން މިބަލީގައި ނިޔާވި 199 ވަނަ މީހާއެވެ.
ރާއްޖޭގައި ފަހަކަށް އައިސް ކޯވިޑް19ގެ ހާލަތު ގޯސްވެ، މި ބަލީގައި ނިޔާވަމުންދާ މީހުންގެ އަދަދު ވަނީ އެތައް ގުނައަކަށް އިތުރު ވެފައެވެ. މިގޮތުން ފައިތުވެދިޔަ މޭމަހަކީ، ކޯވިޑް19ގައި ރާއްޖެއިން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން ނިޔާވި މަހެވެ. އެހެންނަމަވެސް، މޭމަހު ކޯވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެގެން ދިއުމާއެކު، ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު، ރާއްޖެއިން މީހުން މިބައްޔަށް ޕޮޒިޓިވް ވަމުންދާ ނިސްބަތްވަނީ މިހާރު ދަށް ކުރެވިފައެވެ.
މިގޮތުން ރާއްޖެއިން ކޯވިޑް-19އަށް އިތުރު 224މީހުން އިއްޔެ ވަނީ ޕޮޒިޓިވްވެފައެވެ.
އިއްޔެ ޕޮޒިޓިވްވި 224 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 111މީހުންނާއި، އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި105 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 8 މީހުންނެވެ.
މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 70،897އަށް އަރާފައެވެ.
ބަލިން ރަނގަޅުވާ އަދަދު އިތުރުވުމާއެކު ބައްޔަށް ފަރުވާހޯދަމުން މިހާރުގެންދާ މީހުންގެ އަދަދު ވަނީ 8155އަށް ދަށްވެފައެވެ. މީގެތެރެއިން މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 79މީހުންނަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 771 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 62،533އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 8،155ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ.
ކޯވިޑްގައި ރާއްޖެއިން ވަނީ 198 މީހުން ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 181 ދިވެހިންނާއި 17 ބިދޭސީންނެވެ.
ކޮމެންޓު ފޮނުވާ