ކޯވިޑް ބަލީގައި 28 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ކޯވިޑް ބަލީގައި 28 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

Author
ޢަލީ އާދަމް
14 ޖޫން 2021 07:05
0

ކޯވިޑް ޖެހިގެން ރާއްޖޭގައި ފަރުވާދެމުން އައި 28 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ އެވެ.

ނިޔާވެފައި ވާ ޒުވާނާއަކީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދިވެހި ފިރިހެނެކެވެ.

މިއީ މިބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވި އެންމެ ޒުވާން ފިރިހެނާއެވެ.

މިއަދު މެންދުރު ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން އައި ޢުމުރުން 55 އަހަރުގެ ދިވެހި އަންހެނަކު ކޯވިޑް ބަލީގައި ނިޔާވިކަމަށް އެޗްޕީއޭން ބުނި ނަމަވެސް އެ މީހާގެ މަރުގެ ސަބަބަކީ ކޯވިޑް ނޫންކަން ފަހުންބެލި ބެލުންތަކުން އެނގިފައިވާތީ އެއީ ކޯވިޑް މަރެއް ނޫންކަމަށް ވަނީ ކަނޑައަޅާފައެވެ.

އެހެންކަމުން ކޯވިޑް ބަލީގައި ރާއްޖޭގައި މިހާތަނަށް ނިޔާވީ މީހުންގެ އަދަދަކީ 198 އެވެ. އޭގެ ތެރޭގައި ހިމެނެނީ 181 ދިވެހިންނާއި 17 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.