ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މަހުގެ ހަ ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހިންގާ އިންކުއަރީއަށް އެ މަނިކުފާނުގެ ބޮޑީގާޑުން، ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުކުރަން ފަށައިފިއެވެ.
ރައީސް ނަޝީދުގެ ބޮޑީގާޑުން ކޮމިޓީއަށް ހާޒިރުވުމުން މެންބަރުން ވަނީ އެ ބޭފުޅުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. ރައީސް ނަޝީދުގެ ބޮޑީގާޑުން 241 ކޮމިޓީއަށް ހާޒިރު ކުރީ އިއްޔެ އެކި ވަގުތު ތަކުގައެވެ. އިންކުއަރީ ކުރިއަށް ގެންދަނީ ސިއްރުކޮށްގެން ކަމަށްވާތީ ބޮޑީގާޑުންނާ ކުރެވުނު ސުވާލުތަކާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީގެ ތެރެއިން pic.twitter.com/VfQBlgzhIT
— People's Majlis (@mvpeoplesmajlis) June 13, 2021
ނަޝީދުގެ ބޮޑީގާޑުން ކޮމިޓީއަށް ހާޒިރުކުރަން ފެށިއިރު މަޖިލީހުން ވަކިވަކި ސިފައިންް ކޮމިޓީއަށް ހާޒިރުކުރަން ނިންމި ނިންމުމާ އެކު ޑިފެންސްޓްރީިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ސިފައިންގެ ފަރާތުން ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ވަނީ ވަކިވަކި ސިފައިން ފޮނުވުމުގެ ބަދަލުގައި ޖަވާބުދާރީވާނީ މުއައްސަސާއިން ކަމަށެވެ.
ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.
މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީ އަށް ސަރުކާރުން ހުރަސްއަޅާ ކަމަށް ވެރިކަން ކުރާ އެމްޑީޕީގެ ބައެެއް މަޖިލިސް މެންބަރުން ގެންދަވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވަމުންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ކޮމިޓީގެ މުގައްރިރު އަސްލަމް ގެންދަވަނީ އެ ތުހުމަތުތައް ދޮގުކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ