އެމްޑީޕީ ފުޑިގެންދަނީ ޗެއާޕާސަން ވަކިފަރާތަކަށް ޖެހޭތީ: މޫސަ

އެމްޑީޕީ ފުޑިގެންދަނީ ޗެއާޕާސަން ވަކިފަރާތަކަށް ޖެހޭތީ: މޫސަ

Author
މުޙައްމަދު ޝަޒައިމް
12 ޖޫން 2021 10:13
0

އެމްޑީޕީ ތެރޭގައި މިހާރު އުފެދިފައިވާ ބައިބައިވުންތަކާއި، ކޯޅުން ބޮޑުވެފައިވަނީ ޕާޓީގެ ޗެއާޕާސަން ވަކި ކޮޅެއް ނަންގަވައިގެން މަސައްކަތް ކުރައްވާތީކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ތެރޭގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއި ގުޅިގެން މޫސަ ވިދާޅުވީ މިއަދު މިދަރަޖައަށް ކަންކަން ބޮއްސުން ލައިގެންދާންޖެހުނީ ޗެއާޕާސަން ވަކި ކޮޅރެއް ނަންގަވައިގެން މަސައްކަތް ކުރައްވާތީކަމަށެވެ. އެމްޑީޕީއަކީ އެތައްހާސް މެމްބަރުންނެއް ތިބި ގިނަ ރައްޔުންގެ މުއްސަސާއަކަށްވާއިރު، ހިންގަން ތިއްބެވި ބޭފުޅުން ފެއިލްވުމުންވެސް ޕާޓީގެ ޗެއާޕާސަން ވަކި ފަރާތަކަށް ޖެހުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއްކަމަށެވެ. މޫސަ ވިދާޅުވީ މިހާލަތަކީ ޕާޓީގެ ޗެއާޕާސަންގެ ޒިންމާ އަދާކުރައްވައި، ޕާޓީގެ ރައީސާއި، ޤައުމުގެ ރައީސްއާއި، އެމްޑީޕީގެ ގުނަން ތަކާއި، މަޖިލިސް މެމްބަރުން އެކީ ވާހަކަ ދައްކައިގެން ހައްލު ހޯދުމަށް މަސައްކަތް ކުރަންވީ ވަގުު ކަމަށެވެ. މިއީ އެއްވެސް ހާލެއްގައި ވަކި ކޮޅެއް ނަގައިގެން މަސައްކަތް ކުރަންވީ ވަގުތު ނޫންކަމަށް މޫސަން ވިދާޅުވިއެވެ.

އެމްޑީޕީ ހަލާކުވެތިދަނީ ޕާޓީގެ ލީޑަރޝިޕް ފެއިލްވީމަ ޗެއަރގެޒިއްމާ ނުނަގާ ޗެއަރ ވަކިފަރާތަކަށްޖެހޭތީ، ހަސަން ލަތީފް ޕާޓީގެ ލީޑަރާ ރައީސްއާ، ނާއިބުރައީސްއާ ޕީޖީގެ ލީޑަޝިޕާ އެއްތަންކޮށް ގޮތެއްހޯދާ، އެތަށްބައެއްގެ ބުރަމަސައްކަތް ތި ފުނޑިގެންދަނީ.

– މޫސަ ވިދާޅުވިއެވެ.

އެމްޑީޕީ ދެބައިވީ، އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދާއި، ޕާޓީ އެކަހެރިކޮށްގެން ސަރުކާރު ހިންގަން އުޅުމުންކަމަށް ޗެއަރޕާސަން ޙަސަން ލަޠީފް ވަނީ  އެއްބަސްވެވަޑައިގެންފައެވެ.

އެމްޑީޕީގެ ޗެއަރޕާސަން މިހެން ވިދާޅުވީ، އެމްޑީޕީ ދެބައިވެއްޖެކަމަށް އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) މިއަދު ވިދާޅުވުމާއި ގުޅިގެން ދެއްވި ރައްދުގައެވެ. ބިގޭގެ ވާހަކަފުޅާއި ގުޅިގެން ރައީސް ނަޝީދަށް ތާޢީދުކުރައްވާ އެމްޑީޕީގެ މެންބަރުން ގެންދަވަނީ ސަރުކާރާއި، ބިގޭއަށް ފާޑުވިދާޅުވެ ރައްދު ދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޅިޔަނު ބިގޭއަށް، ރައްދުދެއްވައި އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މަސައްކަތް ދެބައިވީ އެމްޑީޕީން ވަޢުދުވި ކަންކަން ސަރުކާރުން ބޭނުން ނުވީމަކަމަށެވެ. އެމްޑީޕީ ދެބައިވީ އެމްއެމްޕީއާރުސީއާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫހާކަން ފެށީމާއި، ސަރުކާރާއި ޕާޓީގެ ގުޅުން ހީނަރުކޮށްލީމަކަމަށްވެސް ޙަސަން ލަޠީފް ވިދާޅުވިއެެވެ. އަދި ޖުމްލަކޮށް ރައީސް ނަޝީދާއި ޕާޓީ އެކަހެރިކޮށްގެން ސަރުކާރު ހިންގަން އުޅުނީމަކަމަށްވެސް އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރިޔާޒުބެ
އެމް ޑީ ޕީ ދެބާވެއްޖެތޯ ؟