ރައީސް ޞާލިހަކީ ކެތްތެރިބޭފުޅެއް، މަސައްކަތް ކުރައްވަނީ އެންމެނާއި ގުޅިގެން: ބިގޭ

ރައީސް ޞާލިހަކީ ކެތްތެރިބޭފުޅެއް، މަސައްކަތް ކުރައްވަނީ އެންމެނާއި ގުޅިގެން: ބިގޭ

Author
މުޙައްމަދު ޝަޒައިމް
11 ޖޫން 2021 10:05
0

ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ހުރިހާ ކަމެއްގައިވެސް ވަރަށް ކެތްތެރި ބޭފުޅެއް ކަމަށާއި، އެމަނިކުފާނު މަސައްކަތް ކުރައްވަނީ އެންމެނާއި ގުޅިގެން އެކުވެރި ކަމާއި އެކުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހުގެ މަސައްކަތުގެ ސްޕީޑާއި، އެމަނިކުފާނު މަސައްކަތް ކުރައްވާ ގޮތަށް އިޝާރާތް ކުރައްވައި، ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ބިގޭ ވިދާޅުވީ ވެރިކަން ކުރަން ލިބިފައި ފުރުސަތުގައި ރައީސް ޞާލިހުގެ ފަރާތްޕުޅުން ފެނިގެންދަނީ ކެތްތެރިކަމާއި، ހިކުމަތްތެރިކަމާއިއެކުގައި ކަންކަން ކުރައްވާތަން ކަމަށެވެ. އެމަނިކުފާނަކީ ކޮންމެ ކަމެއް ނިންމުމުގައިވެސް ވަރަށް ހިކުމަތްތެރިކަމާއިއެކު ގިނަ ބައެއްގެ މަޝްވަރާގެ މަތީން ކަންކަން ނިންމަވާ ބޭފުޅެއްކަމަށެވެ. ނަމަވެސް އެމްޑީޕީއަށް ވެރިކަން ލިބޭ ކޮނމެ ފަހަރަކު ވެރިކަން ކުރަންޖެހިފައިވަނީ ވަރަށް ދަތި އުދަގުލުގައި ކަމަށާއި، މިއަދުވެސް ވެރިކަން ކުރަންޖެހިފައިވަނީ ދުނިޔެއަށް ދިމާވެފައިވާ ބޮޑު ކްރައިސިސްއެއްގެ ތެރެއިން ކަމަށެވެ. ނަމަވެސް މިހާލަތުގައިވެސް ރައީސް ޞާލިހު ކަންކަން ކުރެއްވުމުގައި ޚާއްސަ އިސްކަމއް ދެއްވައި، ގުޅިގެން ނަތީޖާ ނެރުމަށް މަސައްކަތް ކުރައްވާކަމާށް ބިގޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައިވެސް ވެރިކަން ކުރަމުންދަނީ ދުނިޔެއަށް އަންނަ ގޮންޖެހުމާއިއެކު. މިހާލަތުގައި ރައީސް ޞާލިހާއި، އަދި ސަރުކާރުން މަސައްކަތް ކުރައްވަމުންދަނީ އެންމެ ރަނގަޅު މިންވަރަށްކަމަށް ދެކެން. ރައީސް ޞާލިހަކީ ކެތްތެރި ބޭފުޅޭއް. ހުރިހާ ކަމެއްވެސް ކުރައްވަނީ އެންމެނާއި ގުޅިގެން.

ބިގޭ ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ އެމްޑީޕީގެ ވެރިކަން ވެއްޓުމަށް ނުވަތަ، ބީވެގެންދާކަށް އެމްޑީޕީގެ އެއްވެސް މެމްބަރަކު ނޭދޭނެކަމަށެވެ. ނަމަވެސް އަމިއްލަ މަސްލަހަތުގައި ވަކި މީހަކު އެނޫން ވިސްނުމެއް ހުރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށެވެ. ނަމަވެސް މިއަދު ފެނިގެންދަނީ އަމިއްލައަށް ޚިޔާލު ތަފާތުވުންތައް އިންތިހާއަށް ބޮޑުވެ، ކައިރު ނުވެވޭ ވަރަށް ދުރުވަމުންދާތަން ކަމަށެވެ. މިއީ އެއްވެސް ހާލެއްގައި ބަލައި ގަނެވޭނެކަމެއްނޫންކަމަށް އެނާ ވިދާޅުވިއެވެ.

ވެރިކަން ވެއްޓިގެންދާކަމަށް އެއްވެސް އެމްޑީޕީ މެމްބަރަކު ނޭދޭނެ. އެމްޑީޕީއަތުގައި އޮތް ބާރުވިކަން ގެއްލިދާކަށް ނޭދޭނެ. އެބައޮތް މިއަދު ކަންބޮޑުވުން ތަންނެތް މިންވަރަށް ޚިޔާލުތަފާތުވެ ބައިބައި ވެދާނެތީ. އެކަން ވިޔަ ނުދިނުމަށް ކުރަންޖެހޭ ކަމެއްކުރާނަން. ދޭންޖެހޭ ވޯޓެއް ދޭނަން.

– ބިގޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ އެއްވެސް މެމްބަރަކު ސަރުކާރަށް އިތުބާރު ނުކުރަންވީ ސަބަބެއް ނެތަކަށެވެ. ރައީސް ޞާލިހަކީ ހުރިހާ އެންމެންނާއިވެސް ގުޅޭ މަޝްވަރާގެ މަތީން ކަންކަން ކުރައްވާ ހިކުމަތްތެރި ލީޑަރެއްކަމަށް ބިގޭ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.