ގާނޫނު ތަންފީޒު ނުކުރާ އިދާރާތަކުގެ ވެރިން ބޮޑެތި އަދަދުން ޖޫރިމާނާ ކުރަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ބޮންޑޭ މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ހުށަނާޅައިފިނަމަ ބޮޑު ޖޫރިމަނާއެއް ހިމަނައި، އާ ގާނޫނެއް އެކުލަވާލައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުމާއި ގުޅިގެންނެވެ. ބޮންޑޭ ވިދާޅުވީ މިފަދަ ބިލްތައް ހުށަހެޅުމުގެ ކުރިން މިކަންކަން ތަންފީޒު ކުރުމަށް ތިއްބެވި ވެރިންނަށް ޤާނޫނުތައް ހަދާފައި ދިނުމުންވެސް ތަންފީޒު ނުކުރެވޭ މައްސަލާގައި ޖޫރިމަނާ ކުރުމަކީ ފުރަތަމަ ކުރަންޖެހޭ ކަންތައް ކަމުގައެވެ.
މިހާރު އޮތް މިކަމުގައިވެސް ދިމާވެފައިވާ މައްސަލައަކީ މީހަކު ނިޔާވުމަށްފަހު އެމީހަކު ނިޔާވިކަން އަންގައި ކަމާއިބެހޭ އެންމެހާ ފަރާތްތަކަށާއި، ކައުންސިލަތަކަށް ލިޔެކިޔުން ހުށަހެޅި ނަމަވެސް އެމީހެއްގެ ނަން ވޯޓްލާ ލިސްޓުގައި އޮތުންފަދަ މައްސަލަތައް ކަމުގައެވެ. ބޮންޑޭއަކީ މަޖިލިސް ތެރޭގައިވެސް ސަރުކާރުގެ ބައެއް ވަޒީރުން ޤާނޫނު ތަންފީޒު ކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ޖެއްސުން ކުރާކަމަށްބުނެ ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އެފަދަ ވަޒީރުން މަޤާމުތަކުން ވަކިކުރަންޖެހޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ގާނޫނު ތަންފީޒު ނުކުރާ އިދާރާތަކުގެ ވެރިން ބޮޑެތި އަދަދުން ޖޫރިމާނާ ކުރަންޖެހޭ.! މަރު ސާބިތުކުރުމަށްފަހު، މަރުވި މީހާގެ ވާރިސުން ކަމާބޭހޭ ދައުލަތުގެ އިދާރާ ކައުންސިލް ނުވަތަ އެނޫންތާކަށް ލިއުންތައް ހުށަހެޅިމާވެސް 12 އަހަރުފަހުން ވެސް ވޯޓުލާ ލިސްޓުގައި މަރުވިމީހާގެ ނަންއޮވޭ.
– ބޮންޑޭ ވިދާޅުވިއެވެ.
ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ހުށަނާޅައިފިނަމަ ބޮޑު ޖޫރިމަނާއެއް ހިމަނައި، ހުށާހެޅި ބިލުގެ މަގުސަދުގެ ގޮތުގައި ބުނެފައިވަނީ ރާއްޖޭގައި އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ އުސޫލުތައް ކަނޑައެޅުމާބެހޭ ގާނޫނީ އޮނިގަނޑު ގާއިމުކުރުން ކަމަށެވެ.
އެގޮތުން، ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ފޫޅުމާ ފޯމާއެކު ރަށް ނޫނީ ސިޓީ ކައުންސިލަށް ހުށަހެޅުމަކީ އެ ކުއްޖެއްގެ މައިންބަފައިން ނޫނީ ބެލެނިވެރިޔާގެ މައްޗަށް ލާޒިމުކަމެއް ކަމަށް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ. އާއްމު ގޮތެއްގައި ރާއްޖޭގައި ދިރިއުޅޭ ދިވެހި ރައްޔިތަކަށް ރާއްޖޭން ބޭރުގައި ވިހާ ކުދިން، އެ ގައުމެއްގައި އުފަންވި ކަމުގެ ރަސްމީ ލިޔުމަކާއެކު، ރާއްޖެއަށް އެނބުރި އަންނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެ ކަމަށް ބުނެފައިވެއެވެ.
އެ ބިލުގައި ބުނެފައިވާ މުއްދަތުތަކުގެ ތެރޭގައި އުފަންވުން ރަޖިސްޓްރީ ކުރުމުގެ އިތުރުން އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން ހުށަނާޅައިފިނަމަ 10،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ކޮމެންޓު ފޮނުވާ