ކޯވިޑް މެނޭޖްކުރުމުގައި ރައީސް ޞާލިހުގެ މަސައްކަތް ރައްޔިތުން ބަލައިގަނޭ: ޝިޔާން

ކޯވިޑް މެނޭޖްކުރުމުގައި ރައީސް ޞާލިހުގެ މަސައްކަތް ރައްޔިތުން ބަލައިގަނޭ: ޝިޔާން

Author
މުޙައްމަދު ޝަޒައިމް
09 ޖޫން 2021 08:22
0

ކޯވިޑް-19ގެ ހާލަތުގައި ރާއްޖެއަށް ދިމާވެފައިވާ އުނދަގޫ ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކޯވިޑް މެނޭޖް ކުރުމަށް ކުރައްވާ މަސައްކަތް ދިިވެހި ރައްޔިތުން ބަލައި ގަންނަ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

ކޯވިޑްހާލަތު ރާއްޖޭގައި ގޯސްވެ ރައީސް ޞާލިހާއި، މިސަރުކާރަށް ކޯވިޑް މެނޭޖް ނުކުރެވި ރައްޔިތުން ބިކަހާލުގައި ޖެހިފައިވާކަމަށް ވިދާޅުވެ ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެ ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުން ޝިޔާން ވިދާޅުވީ ސިންގަޕޫރު ނެގުމަށްފަހު މިސަރަހައްދުގައި އެންމެ ރަނގަޅަށް ކޯވިޑް މެނޭޖްކުރި ޤައުމަކީ ރާއްޖެކަމަށެވެ. އަދި މިކަމުގައި ރައީސް ޞާލިހު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށް ދިވެހި ރައްޔިތުން ބަލައި ގަންނަ ކަމަށް ޝިޔާން ވަނީ ވިދާޅުވެފައެވެ.

ބަލަގަ ޖަމީލު ރައީސް އެ ވިދާޅުވީ ހަމަ ރަނގަޅަށް ސިންގަޕޫރު ނަގާފައި މި ސަރަހައްދުގައި ނޯންނާނެ ރާއްޖެ ވަރަށް ކޯވިޑް މެނޭޖްކުރި ޤައުމެއް. އަދި އާބާދީގެ ނިސްބަތުން ވެކްސިންވެސް އެންމެ ގިނައިން ދެވުނު ޤައުމެއް، ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތް ރައްޔިތުން ބަލައިގަނޭ.

– ޝިޔާން ވިދާޅުވިއެވެ.

ކޯވިޑުގެ ހާލަތު މެނޭޖް ނުކުރެވި އެތައް ބަޔަކު މަރުވަމުންދާއިރުވެސް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާކަށް ޑރ.ޖަމީލް ވަނީ ވިދާޅުވެފައެވެ. މިކަން މިހެންވެފައިވަނީ ސަރުކާރަށް މިކަމުގެ ނުރައްކާތެރިކަމާއި މިކަމުގެ ހުރި ވޭން އަދިވެސް ވަޒަން ނުކުރެވޭތީކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި މިހާލަތަށް ރާއްޖެ ދިޔައީ ތައްޔާރުވާން ދެއަހަރު ދުވަސްލިބި އެއްވެސް ކަމެއް ނުކުރެވި ދިއުމުގެ ނަތީޖާއެއްގެ ގޮތުންކަމަށްވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.

ކޮވިޑްގެ ޙާލަތު ރައީސަށް އަދިވެސް ވަޒަންނުކުރެވޭ. އިހުމާލުން އެތައް ފުރާނައެއް ގެއްލުނުއިރުވެސް ޒިންމާ ނުނެންގެވި. ހަރުދަނާކުރި ކަމެއް ނެތް. ސިންގަޕޫރާ އަޅާކިޔުމުން އެނގެނީ ހުންނެވީ ވާނުވާ ނޭނގޭ ޙާލަތުގައިކަން. 2 އަހަރުންވީ ތައްޔާރީ ސުމެއް. ރައީސްގެ ވާހަކަ ތާކުންތާކުނުޖެހޭ.

– ޑރ.ޖަމީލް ވިދާޅުވިއެވެ.

ސިންގަޕޫރުގައި ދުވާލަކަށް ބައްޔަށް ޕޮޒިޓިވް ވަނީ 3 މީހުންނެވެ. އަދި އާބާދީގެ ނިސްބަތުން މިހާތަނަށް ކޮވިޑު-19 ޖެހުނު މީހުންގެ އަދަދަށް ބަލާއިރު ސިންގަޕޫރު އޮތީ މުޅި ދުނިޔެއިން 130 ވަނައިގައެވެ. ނަމަވެސް ރާއްޖޭގެ އާބާދީއާއި، ޕޮޒިޓިވްވާ މީހުންގެ ނިސްބަތަށް ބަލާއިރު، ރާއްޖޭގެ ހާލަތު ފާލުން ނެއްޓިފައިވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރައްޔިތުމީހާ
މާބޮޑަށް އެނގެނީތި ޝިޔާނިމެންނަށް... މިހާލަތައް މިޤައު ދިޔައީ ތި ސޯލިހުގެ ނާޤާބިލުކަމުން...މިޚިޔާލު ޖަހަންވެސް ނުކެރޭނެ... ވަރަށްސަލާމް.....