ކޯވިޑްގެ ފިޔަވަޅުތަކާއި ގުޅޭގޮތުން ރައީސް މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ

ކޯވިޑްގެ ފިޔަވަޅުތަކާއި ގުޅޭގޮތުން ރައީސް މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ

Author
މުޙައްމަދު ޖިމީ
08 ޖޫން 2021 01:31
0

ކޯވިޑް ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނޫސްވެރިންނާއި ބައްދަލުކުރެއްވުމަށް ނިންމައިފިއެވެ.

މި ޕްރެސްކޮންފަރެންސް އޮންނާނީ ހަވީރު 16:30ގައެވެ. މި ޕްރެސްކޮންފަރެންސްގައި ކޯވިޑް ކޮންޓްރޯލްކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސް ދެއްވާނެކަމަށް، ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވިއެވެ.

ރައިސް މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާއިރު، އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވަނީ މިދިޔަ މަހުގެ 25ގައެވެ. އެ ޕްރެސްކޮންފަރެންސްގައި ރައީސް ވިދާޅުވީ، ކޯވިޑް މެނޭޖް ނުކުރެވިގެން ސަރުކާރު ފެއިލްވެފައިވާކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އަދި ކޯވިޑް އެންމެ ފުރަތަމަ ރާއްޖެއިން ފެނުނު ދުވަހުން ފެށިގެން މިހާތަނަށް ކުރެވެނު މަސައްކަތްތަކުން ގިނަ އެދުތަކެއް ތައްޔާރު ކުރެވި ވަސީލަތް ގާއިމްކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ހުޅުމާލޭގައި މިހާރު ހުރި އެދުތަކާއި، އަސީޔޫއާއި، ވެންޓިލޭޓަރު އެދުތަކާއިއެކު މިސަރަހައްދުގައި އެކަށީގެންވާ ވަރަށް ފަރުވާދޭނެ ވަސީލަތް އެބަހުރިކަމަށެވެ. ނަމަވެސް އެންމެބޮޑު ދައްޗަކީ ފަރުވާދޭންތިބި ޑޮކްޓަރުންނާއި ނަރުހުން އެކަށީގެންވާ ވަރަށް ނެތުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މަސައްކަތް ކުރައްވަމުންނީ އަންނަ މަހުގެ މެދު ތެރޭގައި އިތުރު ޑޮކްޓަރުންނާއި، ނަރުހުން ރާއްޖެއަށް ގެނައުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ ހުޅުމާލޭ ފެސިލިޓީގައި ކޮންމެ 10 ބަލިމީހަކަށް މިވަގުތު ފަރުވާދެމުންދަނީ ނަރުހަކާއި، އެހީތެރިއެއްކަމަށެވެ. ނަމަވެސް މިއީ މަދު އަދަދެއްކަމަށް ގަބޫލު ކުރައްވާކަމަށާއި، ނަމަވެސް ކުރިއަށް އޮތް ތަނުގައި އިތުރު މީހުން ލިބުމުން މިކަން ހައްލު ވެގެންދާނެކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރުވެސް ވެންޓިލޭޓަރާއި، އޮކްސިޖަންވެސް ބޭނުންވާ ވަރަށް އެބަހުރިކަމަށެވެ. އެކަމުގެ އެއްވެސް ދައްޗެއް ނެތްކަމަށެވެ. ނަމަވެސް ހުރިހާވެސް ގޮންޖެހުމަކީ މީހުންގެ ދަތިކަން ކަމުގައި ރައީސް ވަނީ ތަކުރާރުކޯށް ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންވެސް ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.