ކޯވިޑް19 ޖައްސާ ވައިރަސް ލީކުވީ ވޫހާންގެ ލެބޯޓްރީއަކުން ކަމަށް އެމެރިކާގެ ރިޕޯޓުގައި ބުނެފި: މީޑިއާ

ކޯވިޑް19 ޖައްސާ ވައިރަސް ލީކުވީ ވޫހާންގެ ލެބޯޓްރީއަކުން ކަމަށް އެމެރިކާގެ ރިޕޯޓުގައި ބުނެފި: މީޑިއާ

Author
ހުސެއިން
08 ޖޫން 2021 08:01
0

ކޯވިޑް19 ޖައްސާ ކޮރޯނާ ވައިރަސް އުފަންވެގެން އައީ ކޮންގޮތަކުންތޯ ބެލުމަށް އެމެރިކާ ސަރުކާރުގެ ނޭޝަނަލް ލެބޯޓްރީން ތައްޔާރު ކުރި ރިޕޯޓުގައި، މިވައިރަސް ލީކުވެގެން އައީ ޗައިނާގެ ވޫހާންގައި ހުރި ވައިރަލް ލެބޯޓްރީއަކުން ކަމަށް ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ވޯލް ސްޓްރީޓް ޖާރނަލްއިން މިހަފްތާގެ ހޯމަދުވަހު ރިޕޯޓް ކޮށްފައިވާ ގޮތުން، މި ވައިރަސް ލީކްވެގެން ގޮސްފައިވަނީ ވޫހާންގައި ހުރި ވައިރަލް ލެބޯޓްރީއަކުން ކަމަށް އެމެރިކާއިން ނިންމި ކަމުގައިވި ނަމަވެސް، މި ވައިރަސް އުފަންވެގެން އައީ ކޮންގޮތަކުންތޯ ބެލުމުގެ ގޮތުން އަދިވެސް އިތުރު ދިރާސާ ކުރުމަކީ އެދެވިގެންވާ ކަމެއްކަމަށް އެރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

މި ރިޕޯޓަކީ އެންމް ފުރަތަމަ، 2020 ވަނަ އަހަރުގެ މޭމަހު، އެމެރިކާގެ ކެލިފޯނިއާގެ ލޯރެންސް ލިވަމޯރ ނޭޝަނަލް ލެބޯޓްރީން ތައްޔާރު ކޮށްފައިވާ ރިޕޯޓެކެވެ. އަދި އޭގެ ފަހުން، ޓްރަމްޕްގެ ވެރިކަމުގެ ފަހު ދުވަސްކޮޅު، މި ސިއްޙީ ކާރިސާ އުފެދިގެން އައިގޮތް ދިރސާ ކުރުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހިންގި ތަހުގީގުގައި މި ރިޕޯޓް ބޭނުން ކޮށްފައި ވެއެވެ.

ލޯރެންސް ލިވަމޯރ ނޭޝަނަލް ލެބޯޓްރީންގެ ދިރާސާތައް ބިނާ ކޮށްފައިވަނީ، އެ ލެބޯޓްރީން ކޮށްފައިވާ، މި ވައިރަހުގެ ޑިއެންއޭ ސީކުއެންސްތަކާއި، ސްޓްރަކްޗުރަލް ވޭރިއޭޝަން އަދި ޖީން އެކްޕްރެޝަންފަދަ އެނަލިސިއްތަކުގެ މައްޗަށްކަމަށް ވޯލް ސްޓްރީޓް ޖާރނަލްގައި ލިޔެފައި ވެއެވެ.

ވޯލް ސްޓްރީޓް ޖާރނަލްގައި ލިޔެފައި ވާ މި ރިޯޓާ ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ކުރުމަށް ލޯރެންސް ލިވަމޯރ ނޭޝަނަލް ލެބޯޓްރީން ވަނީ ދެކޮޅު ހަދާފައެވެ.

ފާއިތުވެދިޔަ މަހު، އެމެރިކާގެ ރައީސް ޖޯ ބައިޑްންވަނީ، ކޯވިޑް19 ޖައްސާ ވައިރަސް އުފެދިގެން އައި ގޮތް ހޯދުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް އޭނާގެ މުޝީރުންނަށް އަމުރު ކުރައްވާފައެވެ.

މީޑިއާތަކުން ރިޕޯޓު ކޮށްފައިވަ ގޮތުގައި، އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުން މިވައިރަސްގެ އަސްލު އުފެދިގެން އައިކަމަށް ބަލާ، ހޯދުންތައް ހޯދަމުންދަނީ ދެ ގޮތެއްގެ މައްޗަށް ބިނާކޮށްވެ. މިގޮތުން އެއް ގޮތަކީ، ލެބޯޓްރީ އެކްސިޑެންޓަކުން ވައިރަސް ލީކުވުން ނުވަތަ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ގައިން އިންސާނެއްގެ ގަޔަށް ވައިރަސް ވާސިލް ވުމެވެ. އެހެނަމަވެސް، އަދި މިހާތަނަށް މި ހޯދުންތަކުން އެއްވެސް ނިންމުމެއް ނިންމާފައި ނުވާކަމަށް ވެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި، އާންމު ކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓެއްގައިވާގޮތުން، ވޫހާން އިންސޓިޓިއުޓް އޮފް ވައިރޮލޮޖީގައި މަސައްކަތް ކުރަމުންއައި، ރިސާޗްކުރާ 3 މީހަކު 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބަލިވެގެން ހޮސްޕިޓަލުން ފަރުވާ ހޯދާފައި ވެއެވެ.

ކޯވިޑް19 ޖައްސާ ވައިރަސް އުފަންވެގެން އައިގޮތެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ޗައިނާގެ ސަރުކާރުގެ އެއްބާރުލުން ފުރިހަމައަށް ނުލިބޭކަމުގަ ޝަކުވާ އެމެރިކާ ސަރުކާރުން ވަނީ ކޮށްފައެވެ. އެހެންނަމަވެސް، މި ތުހުމަތުތައް ޗައިނާ ސަރުކަރުން ވަނީ ދޮގު ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.