ސަފާރީ އަކުން ޑައިވިނަށް ފޭބި ޒުވާނަކު ނިޔާވެއްޖެ

ސަފާރީ އަކުން ޑައިވިނަށް ފޭބި ޒުވާނަކު ނިޔާވެއްޖެ

Author
ޢަލީ އާދަމް
08 ޖޫން 2021 12:11
0

އދ. ދަނގެތީ ކައިރިން ސަފާރީއަކުން ޑައިވިނަށް ގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ އެވެ.

އެ ޒުވާނާ މިހާރު ދަނގެތީ ސިއްހީ މަރުކަޒަށް ގެނެސް ޑޮކްޓަރުން ބަލަން ޖެހޭ ބެލުންތައް ބަލަމުން ގެންދާ ކަމަށް އެރަށު ކައުންސިލް މެމްބަރަކު ވަނީ މަޢުލޫމާތު ދެއްވާފަ އެވެ.

މި ޒުވާނާއަކީ ރ. އިނގުރައިދޫ ވެސްޓްބީޗު އުމުރުން 32 އަހަރުގެ މުންތާޒު ޙުސައިން އެވެ.

ޒުވާނާ ނިޔާވެފައި އޮއްވަ ފެނުނީ ޑައިވިނަށް ފޭބިފަހުން ހަބަރެއް ނުވުމުން އޭނާ ހޯދުމުގެ މަސައްކަތް އެ ސަފާރީގެ ފަޅުވެރިން ކުރަމުން ދަނިކޮށްކަމަށް މަޢުލޫމާތު ލިބެއެވެ.

މި ހާދިސާ ހިނގައިގެން އުޅޭކަން އެ ޒުވާނާގެ އާއިލާ މެމްބަރަކުވެސް ވަނީ ޚަބަރު އޮންލައިނަށް ކަށަވަރު ކޮށްދީފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.