އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަން ނެތް އެއްވެސް ޕެނަލްއެއްގައި އަޅުގަނޑު ބައިވެރި ނުވާނަން: ޝާހިދު

އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަން ނެތް އެއްވެސް ޕެނަލްއެއްގައި އަޅުގަނޑު ބައިވެރި ނުވާނަން: ޝާހިދު

Author
ހުސެއިން
07 ޖޫން 2021 10:29
0

ޔޫއެންގެ ޖެނެރަލް އެސްމްބްލީގެ ރައީސެއް ގޮތުގައި ހުންނަވާ، އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަ ކަން ނެތް އެއްވެސް ޕެނަލްއެއްގައި ބައިވެރި ވެވަޑައި ނުގަންނަވާނޭ ކަމުގައި، ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ 76 ވަނަ ދައުރުގެ ރިޔާސަތު ކާމިޔާބު ކުރެއްވުމަށްފަހު ދެއްވި ފުރަތަމަ ތަގުރީރުގައި، ރާއްޖޭގެ ފޮރިންގ މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއެޖެއެވެ.

ޖެނެރަލް އެސެމްބްލީގެ ރިޔާސަތުގަައި ވާހަކަ ދައްކަވަމުން ޝާހިދު މިރޭ ވިދާޅުވެފައިވަނީ، ޖެނެރަލް އެސަމްބްލީގައި ޒުވާނުންގެ އަޑު އިތުރުކޮށް ޒުވާނުންނަށް އޮތް ޖާގަ އިތުރުކޮށްދޭނޭ ކަމުގެ ޔަގީން ކަން މެމްބަރު ގައުމުތަކަށް ދެއްވާ ކަމަށާއި، ޖިންސީ ހަމަހަމަ ކަމަށް ވަކާލާތްކޮށް، ޖިންސީ ތަފާތުކުރުންތަކާއި ދެކޮޅަށް ޔޫއެންޖީއޭގެ ރިޔާސަތުގައި އަޑު އުފުއްލަވާނެ ކަމަށެވެ.

ރިޔާސަތު ކާމިޔާބު ކުރެއްވުމާއި ގުޅިގެން، މެމްބަރު ގައުމުތަކާ މުޚާތަބުކޮށް މިރޭ ވާހަކަފުޅު ދައްކަވަމުން ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދު ވިދާޅުވެފައިވަނީ، މިއަދުގެ ބޭނުންތަކަށް ޖާވާބުދާރީ ވުމަށް އދ އަކީ މިއަށްވުރެވެސް ވަރުގަދަ ތަނެއް ކަމުގައި ވާންޖެހޭ ކަމަށާއި، ދެފުއް ފެންނަ، ފުރިހަމަ އަށް މަސައްކަތް ކުރެވޭ، ނަތީޖާ ނެރެވޭ، ޒިންމާދާރު ތަނަކަށް އެ މުވައްސަސާ ވާންޖެހޭ ކަމަށެވެ.

ޝާހިދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ އދ ގެ ނިޒާމުގެ ތެރޭގައި އާއި، އދ ގެ އެކި ގުނަވަންތަކުގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިވާންޖެހޭ ކަމަށާއި، މިކަންކަން ދިރުވޭނޭހެން އދ ގެ މަސައްކަތް ބައްޓަން ކުރުމާއި އެކު އދގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރެވޭނޭ މަގުތައްވެސް ހޯދާ ބަލަންޖެހިފައިވާ ކަމަށެވެ.

އަޅުގަނޑު ވައުދު ވެއްޖައިން، އދ ގާނޫންތަކާއި ހަމަތަކާއި، އެއާއި ގުޅިގައިވާ ރޫލްސް އޮފް ޕްރޮސީޖަރ އާއި، ކޯޑް އޮފް އިތިކްސް ފުރިހަމައަށް ނެގެހެއްޓުމަށް.

ފޮރިން މިނިސްޓަރ ޝާހިދު ޔޫއެންޖީއޭގައި މިރޭ ވާހަކަ ދައްކަވަމުން ވިދާޅު ވެފައި ވެއެވެ.

ކުރިޔަށް އޮތް ދައުރުގެ ޔޫއެން ޖެނެރަލް އެސެމްބްލީގެ ރައީސްކަމަށް ވާދަކުރައްވާ ދެ ކެނޑިޑޭޓުންނާއެކު، އެމެރިކާގެ ނިއުޔޯކުގައި ހުންނަ ޔޫއެން ހެޑްކުއާޓާރުގައި ފާއިތުވި މޭމަހުގެ 7 ވަނަ ދުވަހު ބޭއްވުނު ކެނޑިޑޭޓުންގެ ޑައިލޮގްގައި، ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވެފައިވަނީ، އޭނާ މިމަގާމަށް ވަޑައިގަންނަވާނީ “އުއްމީދު”ގެ މެސެޖު ހިއްޕަވައިގެން ކަމުގައެވެ.

އެ ޑައިލޮގުގައި ވާހަކަ ދައްކަވަމުން، ޝާހިދު ވިދާޅުވީ، އޭނާއަކީ އަބަދުވެސް ޖިންސީ ހަމަހަމަކަމަށް ވަކާލާތު ކުުރައްވާ ބޭފުޅެއް ކަމަށާއި، އެނާގެ މިނިސްޓަރުކަމުގައި، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ގައުމުން ބޭރުގައި ގާއިމްވެފައިވާ މިޝަންތަކުގެ އެންމެ އިސްވެރިންގެ ގޮތުގައި އައްޔަން ކުރައްވާފަ ތިއްބެވި ފޭޅުންގެ މެދުގައި މިހާރު “ޖެންޑަރ ބެލެންސް” ގާއިމް ކުރައްވާފައިވާކަން ފަޚުރުވެރިކަމއެކު ފާހަގަ ކުރައްވާ ކަމަށެވެ.

އަދި ޔުނައިޓެޑް ނޭޝަންއަކީ ހުރިހާ އެންމެންގެ ވެސް ހައްގުތަކަށް ވަކާލާތު ކުރާނެ މުވައްސަސާއަކަށް ހެއްދެވުމުގެ އިތުރުން، ޚާއްސަ ގޮތެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަށް ކަށަވަރު ކުރުމަށް މަސައްކަތް ކުރުމާއި، ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް މަސައްކަތްކުރުމަކީ އޭނާގެ ރިޔާސަތުގައި ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމެއް ކަމަށް ވިދާޅުވެފައި ވެއެވެ.

އދގެ ޢާއްމު މަޖިލީހަކީ އދގެ މައިގަނޑު 6 ގުނަވަނުގެ ތެރެއިން އެއް ގުނަވަނެވެ. އަދި މިއީ ސިޔާސަތު ކަނޑައެޅުމާއި މަޝްވަރާކުރުމުގެ މައިގަނޑު ގުނަވަންވެސްމެއެވެ. އދގެ ޢާއްމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ އެމަޖިލީހުގެ ރައީސްއެވެ. އަދި އާއްމު މަޖިލީހުގެ ރައީސް، ބައިނަލްއަޤްވާމީ ބައްދަލުވުންތަކާ ސަރަހައްދީ ބައްދަލުވުންތަކުގައި އދގެ މުޅި މެމްބަރޝިޕް ތަމްސީލްކުރައްވާނެއެވެ.

ދިވެހިރާއްޖެއިން އދގެ މެމްބަރު ޤައުމަކަށްވީ މިނިވަންކަން ލިބުނުތާ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭ، 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

1 1234432
އަނެއްކަންތަކާ މިޖެހުނީ، އަންހެނުންނާ ފިރިހެނުންނަކީ ހަމަހަމަ ބަޔެއްނޫން، ކަލޭ ކިތަންމެ ވަރަކައް ވެސްޓާންވެ ފެމިނިސްޓް ވިޔަސް، ބަޔޮލޮޖިކަލީވެސް ތަފާތު، ދެންކޮން ހަމަހަމައެއް، އަންހެނުން ތިބެންޖެހޭނީ ތައުލީމު އުގެނިގެން އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގަ، އެއީ ދަރިން ރަނގަޅުގޮތުގަ އިސްލާމްދީނުގެ ތަރުބިއްޔަތު ދިނުން، މިހާރު މިގައުމު ގެ އެތައްޖީލެއް ހަލާކޔވެގެން މިދަނީ އަންހެނުން މި ހަމަހަމަ ކަމުގަ ކުރިޔައް ނިކުމެ ދަރިން ނާ ގޭގެ ކަންތައް ބެލެހެއްޓުމުގަ އިހުމާލުވެފަވާތީ،