ދެއްވަދޫ ކައިރިއަށް އެންދަމަން ފޭބި މީހަކު ނިޔާވެއްޖެ

ދެއްވަދޫ ކައިރިއަށް އެންދަމަން ފޭބި މީހަކު ނިޔާވެއްޖެ

Author
ޢަލީ އާދަމް
07 ޖޫން 2021 06:23
0

މަހަށް ނިކުމެ އުޅުނު ދޯންޏަކުން ގއ. ދެއްވަދޫ ކައިރިއަށް އެންދަމަން ފޭބި މީހަކު ނިޔާވެއްޖެ އެވެ.

ފުލުުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މީހާ ހާލު ދެރަވެގެން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެކެވެ. ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިފައި ވާގޮތުގައި މިއީ އައްޑޫސިޓީ ހިތަދޫ މޯހިރު ދޯނީގެ ފަޅުވެރި އެކެވެ.

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ފަތިހު 4:40 ގައި ކަމަށެވެ. އަދި މި ހާދިސާއާ ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.