ރާއްޖޭގެ ޤާނޫނު ނުހިނގާގޮތަށް، ޑިޕްލޮމެޓިކް އިމިޔުނިޓީ އިންޑިއާގެ ޢަސްކަރިއްޔާއަށް ނިސްބަތްވާ ބަޔަކަށް ދިނުމަށް އެއްބަސްވުމަކީ ދައުލަތަށް ޚިޔާނަތްތެރިވުންކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާލުވެއްޖެއެވެ.
ޑރ.ޑީޑީ މިހެން ވިދާޅުވެފައިމިވަނީ، ރާއްޖޭގައި ބޭނުންކުރާ އިންޑިޔާ ދެ ހެލިކޮޕްޓަރާއެކު، ރާއްޖޭގައި ތިބޭ އިންޑިޔާ ސިފައިންނަށް ލިބޭ ޑިޕްލޮމެޓިކް އިމްތިޔާޒުތަކުގެ ދަށުން އެ ސިފައިން ތިބޭ ތަންތަނުގެ މައްޗަށް ދިވެހި ދައުލަތުގެ ޤާނޫނީ ބާރުވެރިކަން ނުހިނގާނެކަން ހާމަވުމާއި ގުޅިގެންނެވެ. އެކަން ހާމަވެފައިވަނީ އިންޑިއާ ސަރުކާރާއި، ރާއްޖޭގެ މިހާރުގެ ސަރުކާރާދެމެދު އެއްބަސްވެފައިވެފައިވާގޮތަށް ދިވެހިރާއްޖޭގައި ތިބޭ އިންޑިޔާ ސިފައިންނަށް ފުރިހަމަ ޑިޕްލޮމެޓިކް އިމްތިޔާޒުތައް ދިނުމަށް ދިވެހި ސަރުކާރުންވަނީ އެއްބަސްވެފައިވާ އެއްބަސްވުމުންނެވެ. އެގޮތުން އެ އެއްބަސްވުމުގައި ބުނެފައިވާގޮތުން ރާއްޖޭގަިއ ދުއްވާ ހެލިކޮޕްޓަރާއެކު ތިބޭ އިންޑިޔާ ސިފައިންނާއި، އެ ސިފައިން ތިބޭ ތަންތަނާ ގެންގުޅޭ ލިޔެކިޔުންތަކަކީވެސް ދިވެހިރާއްޖޭގެ ޤާނޫނީ އަދި ޝަރުޢީ ދާއިރާގެ އިޚުތިޞާޞު ނުހިނގާނެ ތަންތަންކަމަށް ބަޔާންކޮށްފައިވެއެވެ.
މިކަމާއި ގުޅޭގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު ޑ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ، ކަސްޓަމަރީ އިންޓަރނޭޝަނަލް ލޯ އާއި، ކަމާބެހޭ ބައިނަލް އަޤުވާމީ މުޢާހަދާގެ ބޭރުން ރާއްޖޭގެ ޤާނޫނު ނުހިނގާގޮތަށް ޑިޕްލޮމެޓިކް އިމިޔުނިޓީ އިންޑިއާގެ ޢަސްކަރިއްޔާއަށް ނިސްބަތްވާ ބަޔަކަށް ދިނުމަށް އެއްބަސްވުމަކީ ދައުލަތަށް ޚިޔާނަތްތެރިވުންކަމަށެވެ.
ކަސްޓަމަރީ އިންޓަރނޭޝަނަލް ލޯ އާއި، ކަމާބެހޭ ބައިނަލް އަޤުވާމީ މުޢާހަދާގެ ބޭރުން ރާއްޖޭގެ ޤާނޫނު ނުހިނގާގޮތަށް ޑިޕްލޮމެޓިކް އިމިޔުނިޓީ އިންޑިއާގެ ޢަސްކަރިއްޔާއަށް ނިސްބަތްވާ ބަޔަކަށް ދިނުމަށް އެއްބަސްވުމަކީ ދައުލަތަށް ޚިޔާނަތްތެރިވުން.
– ޑރ.އަޙްމަދު ޢަބްދުﷲ ދީދީ
އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގައި، ހެލިކޮޕްޓަރާއެކު ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މުއްދަތުގައި ހުރިހާ ޓެކުހަކާއި، ޑިއުޓީއަކާއި، ކަސްޓަމް ފީތަކެއް ދެއްކުމުންވެސް އިސްތިސްނާކޮށްފައިވާކަމަށް ހާމަވެފައިވެއެވެ. އަދި ކަސްޓަމުން ވަދެއުޅުމާއި، ނުކުތުން ފަސޭހަކޮށްދީ އެއާޕޯޓުތަކުންނާއި ބަނދަރުތަކުން ފަސޭހައިން ކަސްޓަމް ކުލިއަރޭންސް ހަދައިދީ އެތެރެވުމާއި ބޭރުވުން އަވަސްކުރެވޭނެ ގޮތަށް އިންތިޒާމު ހަމަޖައްސަންވެސް އެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރުންވަނީ އެއްބަސްވެފައެވެ. އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުން އައްޑޫގައި ބާއްވާފައިވާ ހެލިކޮޕްޓަރާއެކު 24 އިންޑިޔާ ސިފައިން ތިބެއެވެ.
ކޮމެންޓު ފޮނުވާ