ކޯވިޑް ބަލީގައި އެންމެ ފަހުން އަވަހާރަވީ ފިޔާތޮށި އަހުމަދު މަނިކު

ކޯވިޑް ބަލީގައި އެންމެ ފަހުން އަވަހާރަވީ ފިޔާތޮށި އަހުމަދު މަނިކު

Author
ޢަލީ އާދަމް
07 ޖޫން 2021 12:53
0

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި އަތޮޅުވެރިކަމާއި ސަރުކާރުގެ މަތީ މަގާމުތައް ފުރުއްވާފައިވާ އަޙްމަދު ހުސެއިން މަނިކު (ފިޔާތޮށި އަހުމަދު މަނިކު) ކޮވިޑް ބަލީގައި މިއަދު އަވަހާރަވެއްޖެ އެވެ.

އަޙްމަދު މަނިކު އަވާހަރަވި އިރު އުމުރުފުޅަކީ 102 އަހަރެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ އިތުރުން ށ. އަތޮޅާއި ނ. އަތޮޅުގަ އަތޮޅުވެރިކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އަޙްމަދު މަނިކު އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނި މިއަދު ހެނދުނު 9:30 ހާއިރު އެވެ.

އަޙްމަދު މަނިކަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީންގެ ބައްޕާފުޅު އަބްދުލްގައްޔޫމް ސީދީގެ ދެބެންގެ ދެދަރި ބޭފުޅެކެވެ. އަޙްމަދު މަނިކުގެ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ޕައިލެޓް، މުހައްމަދު ނައީމް (ޕައިލޮޓް ނައީމް) ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަތަމާ އަބްދުއްލަތީފާއި މަޝްހޫރު ތާރީހު ލިޔުންތެރިޔާ އަބްދުލްހަކީމް ހުސެއިން މަނިކަކީ އަހުމަދު މަނިކުގެ އެއްބަޑުއެއްބަފާ ބޭފުޅުންގެ ނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.