އެމްޑީޕީ އެތެރެ ފަޅަފަޅައިގެން، ރައީސް ޞާލިހަށް ބޮޑެތި ތުހުމަތުތަކެއް!

އެމްޑީޕީ އެތެރެ ފަޅަފަޅައިގެން، ރައީސް ޞާލިހަށް ބޮޑެތި ތުހުމަތުތަކެއް!

Author
މުޙައްމަދު ޝަޒައިމް
07 ޖޫން 2021 10:17
0

މިދިޔަ މަހުގެ 6 ވަނަ ދުވަހުގެރޭ އެމްޑީޕީގެ އެންމެ ގިނަ މެމްބަރުންގެ ލޯތްބާއި، ތާއީދު ހޯދާފައިވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ބެލުމުގައި އެކަށީގެންވާ މަސައްކަތް ނުކުރެވި، މައްސަލަ ކުރިއަށްގެންދަން އެމްޑީޕީ ތެރެއިން ހުރަސްއަޅާކަމުގެ ތުހުމަތާއިއެކު، އެމްޑީޕީ އެތެރޭގައި ބޮޑު ޚިޔާލު ތަފާތުވުމެއް އުފެއްދިއްޖެއެވެ.

އެމްޑީޕީގެ ތެރޭގައި ޚިޔާލު ތަފާތުވެ، ރައީސް ޞާލިހާއި، އެމްޑީޕީގެ ވަޒީރުންނަށް ބަހުގެ ހޫނު ހަމަލާތަކެއް އެމްޑީޕީގެ މެމްބަރުން ދެމުން ގެންދިއުގެ ފެށުމަކީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒު ކޮމިޓީ އަށް ފޮނުއްވި މައްސަލަ އެ ކޮމިޓީން ރޭ ބޭރުކޮށްލުމާ އެކުއެވެ.

މިމައްސަލައިގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި ބަހުގެ ހޫނު ހަމަލާތަކެއް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ދަނީ ދެމުންނެވެ. ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވެމުންދިޔަ މިދަނޑިވަޅުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ގްރޫޕަށް ފޮނުވި މެސެޖުގަިއ ވަނީ، މަޖިލީހުގެ 241 ކޮމެޓީއަށް ސިފައިން ހާޒިރުވިޔަ ނުދޭން ރައީސް ސޯލިހް ލޮބީ ކުރައްވާފައިވާ ކަމަށެވެ. އަދި މަޖިލިސް ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރު ވިޔަ ނުދޭން އެމަނިކުފާނު މަސައްކަތް ކުރައްވަމުންދާކަމަށެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވާން ވަކިވަކި ސިފައިންނަށް އަންގާފައިވީ ނަމަވެސް އެމްއެންޑީއެފް އާއި ޑިފެންސް މިނިސްޓްރީން ވެސް ވިދާޅުވެފައި ވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރުން ގާނޫނު މަނާ ކުރާކަމަށެވެ. ސިފައިންގެ ފަރާތުން ޖަވާބުދާރީ ވާނީ ޑިފެންސް މިނިސްޓަރާއި ސިފައިންގެ ވެރިން ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ވަނީ މަޖިލީހަށް އަންގާފައެވެ.

މަޖިލީހުގައި ތިއްބެވި ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެންބަރުންގެ ފާޑުވިދާޅުވުން އެންމެ ބޮޑަށް އަމާޒުވެފައި ވަނީ އަލިފުށީ ދާއިރާގެ މެންބަރަށެވެ. ރޭގެ ވަގުތެއްގައި އެމްޑީޕީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް ދޫކޮށްލެއްވި މެސެޖެއްގައި އީވާ ވަނީ މައްސަލަ "ފަނި" ކޮށްލެއްވީ ބިގޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ސޯލިހާއި ބިގޭއާ އޮތް އާއިލީ ގުޅުމަށް އިޝާރާތް ކުރައްވާ މިއީ ބިގޭމެންގެ ސަރުކާރެއް ކަަމަށް ވިދާޅުވެ އެ ޒާތުން އަމަލު ނުކުރެއްވިޔަސް ސަރުކާރު ނުވެއްޓި އޮންނާނެ ކަމަށް ވިދާޅުވިއެވެ.

ނަޝީދު ހުށަހެޅުއްވި މައްސަލަ ކޮމިޓީން ބޭރުކޮށްލުމަށް ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ. އޭނާ ވެސް ސަބަބެއް ކަމަށް ދެއްކެވީ ޑިފެންސް މިނިސްޓްރީގެ ސިޓީގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ކަމަށް ވިޔަސް އެއީ އެ މިނިސްޓްރީގެ އެންމެ އިސްވެރިން ޒިންމާވާން ޖެހޭ ކަމަކަށް ވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައިސް
ގުނބޯ ހެއްދުން