ހުޅުމާލޭ ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

ހުޅުމާލޭ ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
07 ޖޫން 2021 09:46
0

ކޯވިޑް-19އަށް ފަރުވާ ހޯދަމުންދިޔަ 86 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ ނިޔާވީ ރޭ 12:19 ހާއިރުއެވެ. މިއީ ރާއްޖެއިން މިބަލީގައި މަރުވި 186 ވަނަ މީހާއެވެ. މީގެތެރޭގައި ހިމެނެނީ 169 ދިވެހިންނާއި 17 ބިދޭސީންނެވެ.

ކޯވިޑް-19ގައި ރާއްޖޭގެ ޙާލަތު އެންމެ ގޯސްވީ މިދިޔަ މަހުއެވެ. މިބަލީގައި މިދިޔަ މަހު 80 އަށްވުރެ ގިނަ މީހުން ވަނީ ނިޔާވެފައެވެ.

އިއްޔެވެސް ރާއްޖެއިން ކޯވިޑް ޖެހިގެން ފަރުވާ ދެމުންދިޔަ 3 މީހަކު ވަނީ ނިޔާވެފައެވެ. އިއްޔެ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 93 އަހަރުގެ ފިރިހެނަކާއި 82 އަހަރުގެ ދިވެހި އަންހެނަކާއި 41 އަހަރުގެ ދިވެހި އަންހެނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.