އަނެއްކާވެސް ޕޮޒިޓިވް ކޭސްތަކުގެ އަދަދު 500އިން ދަށަށް

އަނެއްކާވެސް ޕޮޒިޓިވް ކޭސްތަކުގެ އަދަދު 500އިން ދަށަށް

Author
މުޙައްމަދު ޖިމީ
06 ޖޫން 2021 10:14
0

ރާއްޖެއިން ކޯވިޑަށް އިތުރު 412 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ފާއިތުވީ ސައުވީސް ގަޑީރުގެ ތެރޭ ރާއްޖެއިން މި ބައްޔަށް 412 މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 239 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 162މީހުންނާއި ރިޒޯޓްތަކުން ޕޮޒިޓިވްވީ 11 މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 67،950 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތީގައި އުޅޭއިރު މިބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދު މިހާރުވަނީ 19،670 އަށްތިރިވެފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 166މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 753 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 48،086އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 5،082 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ.

ކޯވިޑް ބަލީގައި ރާއްޖެއިން މިއަދު ނިޔާވި މީހުނާއެކު މިބަލީގައި ރާއްޖެއިން ނިޔާވީ މީހުންގެ އަދަދު ވަނީ 185އަށް އިތުރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 168 ދިވެހިންނާއި 17 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.