ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް އިންކުއަރީއަށް ހާޒިރުކޮށްފި

ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް އިންކުއަރީއަށް ހާޒިރުކޮށްފި

Author
ޢަލީ އާދަމް
06 ޖޫން 2021 02:40
0

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަރީއަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ހާޒިރުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހިގެ ރައީސް އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެމަނިކުފާނަށް އެމްއެންޑީއެފް އިން ފޯރުކޮށްދޭ ސެކިއުރިޓީ ބްރީޗުވިގޮތް ބެލުމަށް ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ހިންގާ މި އިންކުއަރީއަށް ޝަމާލް ވަޑައިގެން މަޢުލޫމާތު ދެއްވާފައި މިވަނީ ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުވުމާމެދު މަޖިލީހާއި ސިފައިން ހިޔާލުތަފާތުވެ، މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންކުއަރީ ކުރިއަށް ގެންދަނީ ކޮމެޓީގެ ސިއްރު ބައްދަލުވުން ތަކެއްގެ ގޮތުގައި ކަމަށް ވާތީ ކޮމެޓީގައި ދެކެވެނީ ކޮން ވާހަކަ ތަކެއް ކަމެއް ނޭނގެއެވެ.

ޝަމާލްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވެސް ޕާލަމެންޓަރީ އިންކުއަރީއަށް މިއަދު ހާޒިރު ކުރަން ވަނީ ނިންމާފަ އެވެ. މި ދެ ބޭފުޅުންގެ އިތުރުން ކޮމިޓީއަށް ހާޒިރު ކުރަން ބޭނުންވާ ސިފައިންގެ 40 އަކަށް ބޭފުޅުންނާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ސިފައިންގެ އިތުރުން ފުލުހުންގެ ކޮމިޝަނަރާއި ފުލުހުންގެ ބައެއް އެހެން ބޭފުޅުންނާއި ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމާއި ކުރީގެ މޭޔަރ ޝިފާ މުޙައްމަދުވެސް މިހާތަނަށް ވަނީ ޕާލަމެންޓަރީ އިންކުއަރީއަށް ހާޒިރުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.