މިއޮއް ޒަމާނުގަ ސަރުކާރު މިޖެހެނީ އަތުލަފިކޮށްގެން ގެންގުޅެން: ސަޢީދު

މިއޮއް ޒަމާނުގަ ސަރުކާރު މިޖެހެނީ އަތުލަފިކޮށްގެން ގެންގުޅެން: ސަޢީދު

Author
ޢަލީ އާދަމް
05 ޖޫން 2021 10:53
0

މިއޮއްފަދަ ޒަމާނުގައި ސަރުކާރު އަތުލަފިކޮށްގެން ގެންގުޅެން ޖެހިފައި ވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

ސަޢީދު މިހެން ވިދާޅުވީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން މިހާރު ކުރިއަށްގެންދާ އިންކުއަރީއަށް، ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސް ނިޒާމާއި ގުޅޭ މަޢުލޫމާތު ސާފުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިއަދު ކޮމިޓީއަށް ހާޒިރު ކުރުމުން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގަ އެވެ.

ސަޢީދު ވިދާޅުވީ ކޮންމެ ކަމަށްވެސް މިހާރު އޮންނަނީ މަޖިލިސްކޮމިޓީ ކަމަށެވެ. މީގެ އިތުރުން ދެން ހުރި ހުރިހާކަމަށް އެމްބަސީ އާއި ކޮންސިއުލޭޓް ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

"ސަރުކާރު މިއޮންނަނީ ބަދަލުދިނުމަށާއި ތިކަންއެބަ ބަލާލަމޭބުނަން"

– ސަޢީދު

ރައްޔިތުންގެ މަޖިލީހިގެ ރައީސް އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެމަނިކުފާނަށް އެމްއެންޑީއެފުން ފޯރުކޮށްދޭ ސެކިއުރިޓީ ބްރީޗުވިގޮތުގެ އިންކުއަރީއެއް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ހަދަމުންގެންދާއިރު މި އިންކުއަރީއަށް ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސް ނިޒާމާއި ގުޅޭ މަޢުލޫމާތު ސާފުކުރުމަށް މިއަދު ވަނީ ކޮމިޝަނަރ އޮފް ޕޮލިސްުގެ އިތުރުން ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލްވެސް ވަކި ވަކީން ހާޒިރުކޮށްފަ އެވެ.

ފުލުހުން މަޖިލީހިގެ ކޮމިޓީއަށް ވަކިވަކީން ހާޒިރުވެފައި މިވަނީ އޭގެ ކުރިން ގައުމީ ސަލާމަތީ ބާރު އެމްއެންޑީއެފުން، ވަކިވަކި ސިފައިން މަޖިލީހަށް ޖަވާބުދާރީ ނުވާނެ ކަމަށާއި މުޅި ސިފައިންގެއިން އެކަމަށް އައްޔަންކުރާ ޓީމަކުން މަޖިލީހުގެ އިންކުއަރީއަށް ޖަވާބުދާރީ ވާނެކަމަށާއި އެއްބާރުލުން ދޭނެ ކަމަށް ސަލާމަތީ ބާރުން މަޖިލީހަށް އަންގާފައި ވަނިކޮށެވެ.

މިކަމާގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުން ހާއްސަކޮށް 241 ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ. ނަމަވެސް މަޖިލީހުގެ ބައެއް މެމްބަރުން ގެންދަވަނީ، މަޖިލީހަކީ ތަހުގީގު އިދާރާއެއް ނޫންކަމަށް ވިދާޅުވެ 241 ކޮމިޓީގެ މިމަަސައްކަތްތަކަށް ފާޑުވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކެޔޮޅު
ކަލެއަށް ނޭންގޭތަ މިއޮށްފަދަ ޒަމާނުގަ ދުނިޔެ އޮތްހާލަތު .އަނގަ ފޭކޮށްފަ ތިވާހަކަ ދައްކަނީ.
A Adindaa19
ބަލަ އިގޭތީ ދޯ އެހެން އެބުނަނީ. ޥަރަބިދިފަ އޮތީމައޭ. ދެން ޖެހޭނީ އަތާ ފަޔާވެސް ލަފިކޮށް ގެން ގެން ގުޅެންށޭ. ޢޭނަ ވާ އަނގަ ކުޑަ . ޢަދި ތަންމިނަށް ބޮޑަށް ހުޅުވަން ވީ. ކުޑަދޫ ފެންނަ ވަރަށް.