އިރާނުގެ އަސްކަރިއްޔާގެ ނޭވީގައި ބޭނުންކުރާ އެންމެ ބޮޑު އެއް މަނަވަރުގައި ރޯވެ، ގަލްފް އޮފް އޮމާންގެ ކަޑަށް މަނަވަރު އަޑިއަށް ހިގައްޖެއެވެ. މި މަނަވަރުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ހޯދިފައި ނުވާކަމަށް އިރާނުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
އިރާނުގެ ފާރސް އަދި ޓާސްނިމް ނޫސް އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޚާގް ނަމަކަށް ކިޔާ މި މަނަވަރު ސަލާމަތް ކުރުމަށް ކުރި މަސައްކަތްތައްވަނީ ނާކާމިޔާބު ވެފައެވެ. މި މަނަވަރަށް ނަން ދީފައިވަނީ އިރާންއިން އެންމެ ގިނައިން ތެޔޮ ނަގާ ރަށަށް ނިސްބަތް ކޮށެވެ.
އިރާނުގެ ރަސްމީ ޓީވީން ބުނެފައިވަނީ، މަނަވަރުގައި އަލިފާން ރޯވެފައިވަނީ ރޭގަޑު ދަންވަރު 2:25ގައި ކަމަށާއި އަލިފާން ރޯވުމާއެކު، އަލިފާން ނިއްވާފަރާތްތަކުން އަލިފާން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މި ބޯޓު އަޑިއަށް ގޮސްފައިވަނީ، އިރާންގެ ވެރިރަށް ތެހެރާންގެ އިރު ދެކުނުން، 1,270 ކިލޯމީޓަރު ދުރުން، އިރާންގެ ޖާސްކް ޕޯޓުގެ ކައިރިއަށެވެ. މިއީ އަރަބިއަން ގަލްފަށް ދަތުރުކުރުމަށް އޮންނަ ހޯމުޒް ކަނޑުއޮޅި ކައިރިން ގަލްފު އޮފް މާންގެ ސަރަހައްދެކެވެ.
އިރާންގެ ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ފޮޓޯތަކުންވަނީ، މި ބޯޓުގެ ފަޅުވެރިން ލައިފް ޖެކެޓްގައި ބޯޓުން މީހުން ސަލާމަތްކުރަމުން ދިޔަ މަންޒަރުތައް ވަނީ ފެނިފައެވެ. އަދި މި ފަޅުވެރިންގެ ފަހަތުން ބޯޓުގައި ރޯވެ އަދަމުން ދިޔަ މަންޒަރު ފެންނަން ހުރެއެވެ.
އިރާނުގެ ދައުލަތުގެ ޓީވީންނާއި އަދި ސަރުކާރުގެ ހިއްސާ އޮންނަ މީޑިއާތަކުން ބުނެފައިވަނީ، ޚާގް މަނަވަރު ބޭނުން ކުރެވެމުން އައިސްފައިވަނީ، އިރާނުގެ އަސްކަރިއްޔާގެ ތަމްރީން ތަކަށެވެ.
ޚާގް މަނަވަރު ހިމެނިގެން ދިޔައީ، އިރާނުގެ އަސްކަރިއްޔާގައި، ކަޑުމަތީގައި ބޭނުން ކުރާ އެހެން އުޅަދުތަކަށް އެހީތެރިކަން ފޯރުކޮށްދެވޭވަރުގެ ގާބިލްކަން ލިބިފައިވާ މަދު އުޅަދުތަކުގެ ތެރޭގައި ހިމެނޭ އެއް އަސްކަރީ އުޅަދު ކަމުގައެވެ. އަދި މިއުޅަދަކީ، ބަރު މުދާ އުފުލުމާއި އަދި ހެލިކޮޕްޓަށް ޖައްސާ އުދުއްސުމުގައިވެސް ބޭނުންކުރެވޭނޭ ގާބިލްކަން ހުރި އުޅަދެކެވެ.
މި މަނަވަރު ބަނދެ އަދި އިފްތިތާހު ކޮށްފައިވަނީ 1977 ވަނަ އަހަރު އިގިރޭސިވިލާތުގައެވެ. އަދި މަނަވަރު އިރާނުގެ އަސްކަރިއްޔާގައި ޚިދުމަތް ކުރަން ފަށާފައިވަނީ، އިރާނަށް 1979 ވަނަ އަހަރުގެނައި އިސްލާމިކް ރިވޮލިއުޝަންއާއި ގުޅިގެން ކުރެވުނު ދިގުލައިގެން ދިޔަ މަޝްވަރާތަކަށްފަހު، 1984 ވަނަ އަހަރުއެވެ.
ޚާރގު މަނަވަރު އަޑއިއަށް ދިއުމަކީ އިރާނުގެ ކަނޑުގެ އަސްކަރިއްޔާއަށް އެނެމެ ފަހުން ކުރިމަތިވެގެންދިޔަ މިފަދަ ހާދިސާއެވެ. 2020 ވަނަ އަހަރު އިރާނުގެ އަސްކަރިއްޔާއިން ކުރިޔަށް ގެންދިޔަ އަސްކަރީ ތަމްރީންތަކެއްގައި، އޮލިގެން ފޮނުވާލެވުނު މިސައިލްއެއް، ޖާސްކް ޕޯޓުގައި ބަދަރުކޮށްފައި އޮތް އަސްކަރީ އުޅަދަކަށް އަމާޒުވެ އެ އުޅަދުގެ 19 ފަޅުވެރިން މަރުވެ 15 ފަޅުވެރިއަކަށް އަނިޔާވެފައި ވެއެވެ. އަދި 2018 ވަނައަހަރު އިރާނުގެ ދުޝްމަނުންގެ އަމާޒުތަކަށް ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ އަސްކަރީ މަނަވަރެއްވެސް ވަނީ ކެޕްސިއަން ކަޑަށް އަޑިއަށް ގޮސްފައެވެ.
One Response
އޮލިގެން؟